މޫދަށް ފުންމާލަން އުޅުނު އަންހެން ކުއްޖަކު، 4 ފުލުހަކު ވެގެން ސަލާމަތް ކޮށްފި

ވިލިމާލޭގައި، އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ހިތްހަމަ ނުޖެހިގެން ޢާއިލާ ދޫކޮށް ދުވެފައިގޮސް މޫދަށް ފުންމާލަށް މަސައްކަތްކުރި 13 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށ...

15 Nov 2014 | 18:48

ވިލިމާލޭގައި، އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ހިތްހަމަ ނުޖެހިގެން ޢާއިލާ ދޫކޮށް ދުވެފައިގޮސް މޫދަށް ފުންމާލަށް މަސައްކަތްކުރި 13 އަހަރުގެ އަންހެން ކުއްޖަކު ފުލުހުންގެ މަސައްކަތުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 20:20 ހާއިރު ވިލިމާލޭގައި ހިނގި މިހާދިސާގައި މޫދަށް ފުންމާލަން މަސައްކަތް ކުރި އަންހެން ކުއްޖާ ސަލާމަތް ކޮށްފައި ވަނީ ވިލިމާލެ ނެރުބައްތި ސަރަޙައްދުން ތޮށިގަނޑުމަތިން މޫދަށް ފުންމާލަނިކޮށް އެވަގުތު ވިލިމާލެ ބަނދަރު ސަރަޙައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުންދިޔަ 4 ފުލުހަކު ދުވެފައި ގޮސް ކުރި މަސައްކަތުން ކަމަށެވެ.

މޫދަށް ފުންމާލަން މަސައްކަތްކުރި ކުއްޖާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ޕޮލިސް ކޯޕްރަލް އިބްރާހީމް ޝާހީން އާއި ޕޮލިސް ކޯޕްރަލް އާދަމް މުޙައްމަދު އާއި ޕޮލިސް ލާންސް ކޯޕްރަލް މޫސާ ނަދީފްގެ އިތުރުން ޕޮލިސް ކޮންސްޓަބަލް ނަވާޒް ޝަރީފް  ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ވިލިމާލެ ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް