ގައުމީ ދިފާއީ ބާރުން ރ. ދުވާފަރުގައި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ނޮދަން އޭރިއާއިން އިސްނަގައިގެން "އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި" މިޝިޢާރުގެ ދަށުން ހިންގާ ހޭލުންތެރިކުރުމުގެ ރ.ދުވާފަރުގައި ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ އިއްޔެއިން ފެށިގ...

15 Nov 2014 | 16:59

އެމްއެންޑީއެފް ނޮދަން އޭރިއާއިން އިސްނަގައިގެން "އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި" މިޝިޢާރުގެ ދަށުން ހިންގާ ހޭލުންތެރިކުރުމުގެ ރ.ދުވާފަރުގައި ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެއިން ފެށިގެން މިމަހު 18 ވަނަ ދުވަހުގެ ނިޔަލަށް ހިންގާ މިޕްރޮގުރާމުގައި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވަމުން އަންނަ ކަމަށެވެ.

އަދި މިޕްރޮގްރާމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި ކުއްލި ހާލަތުގައި ފުރަތަމަ އެހީ ދޭނެ ގޮތްތައް ދަސްކޮށްދޭނެކަމަށާއި މީގެ އިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ކުލާސްތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ "އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި" މިޝިއާރުގެ ދަށުން ހިންގާ މިޕްރޮގުރާމަކީ ސިލްސިލާކޮށް ނޮދަން އޭރިއާގެ ރަށްތަކުގައި ހިންގަމުން އަންނަ ޕްރޮގުރާމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް