19 އަހަރުގެ އަންހެއް ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ހުޅުމާލެއިން 19 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ ކުއްޖާއާ ބެހޭ މައުލޫމާތު އަދި ...

15 Nov 2014 | 11:07

ހުޅުމާލެއިން 19 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަ ކުއްޖާއާ ބެހޭ މައުލޫމާތު އަދި ހާމަކުރެވެން ނެތް ކަމަށެވެ. ނަމަވެސް އެކަން މިއަދު މެންދުރެއް ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ގެއްލިގެން ހޯދަމުން އަންނަނީ ކ. ގުރައިދޫ މަރިޔަމް ފަރާޝާ ކިޔާ އަންހެން ކުއްޖެކެވެ. ދުވަހަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ ފަރާޝާ ގެއްލިގެން އާއިލާއިން ހޯދަމުން އަންނަތާ ތިން ދުވަސް ވެފައިވާކަމަށެވެ. އަދި ރެއާއި އިއްޔެ މާލެއާއި ހުޅުމާލޭ އެކި ސަރަހައްދު އާއިލާއިން ހޯދި ކަމަށްވެސް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް