ޖަރުމަނުން ކުޅެން ޖެހޭނީ ދުނިޔޭ ޗެމްޕިއަނުންގެ ކުޅުންކަމަށާއި ރޭގެ މެޗުގައި ގިބްރަލްޓަރއާއި ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން މޮޅުވިނަމަވެސް ހިތްހަމަ ނުޖެހޭކަމަށް ޖަރުމަނުގެ ކޯޗު ޖޯކިމް ލޯ ބުނެފިއެވެ.
ރޭ ޔޫރޯ 2016 ގެ ކޮލިފައިންގައި ޖަރުމަނު 4-0 އިން ގިބްރަލްޓަރ ބަލިކުރިއިރު ، ޔޫރޯ ކޮލިފައިންގައި ޖަރުމަނު އެންމެ ފަހުން ކުޅުނު 2 މެޗުގެ ތެރެއިން 1 މެޗުން އެއްވަރުވިއިރު އަނެއް މެޗުންވަނީ ބަލިވެފައެވެ.
ރޭގެ މެޗުގައި ތޯމަސް މުލާވަނީ ޖަރުމަނަށް 2 ގޯލް ކާމިޔާބުކޮށްދީފައެވެ. ގޮޓްސާގެ ގޯލާއެކު ޖަރުމަނުގެ ލީޑު ފުޅާކުރިއުރު 4 ވަނަ ގޯލައަކީ ގިބްރަލްޓަރގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށްވަން ގޯލައެކެވެ. މެޗަށްފަހު ލޯ ބުނެފައިވަނީ ބޭނުންވިގޮތަށް ޓީމް މެޗުގައި ކުލެފައި ނުވާކަކަމަށެވެ.
ގިބްރަލްޓަރއަކީ މި އަހަރު އަލަށް ޔޫއެފާއާއި ގުޅުނު ގައުމެކެވެ. ގިބްރެލްޓާ ޔޫރޯ ކޮލިފައިންގައި ކުޅުނު ހުރިހާ މެޗަކުންވަނީ ބަލިވެފައެވެ. ނަމަވެސް ޓީމްގެ ކޯޗު އެލަން ބުލާ ބުނެފައިވަނީ ޓީމާ މެދު ހިތްހަމަޖެހޭކަމަށެވެ.
ޔޫރޯ 2016 ކޮލިފައިން ގުރޫޕް ޑީ ގެ 1 ވަނައިގައި ޕޮލެންޑް އޮތްއިރު ޖަރުމަނު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް