ޔޫރޯ ކޮލިފައިން: ރޮނާލްޑޯގެ ރެކޯޑާއެކު ޕޯޗުގަލް މޮޅުވެއްޖެ

ޔޫރޯ ކޮލިފައިން އަދި ޔޫރޯގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމަށްފަހު ރޮނާލްޑޯގެ ގޯލާއެކު ޕޯޗުގަލް މޮޅުވެއްޖެއެވެ. ޔޫރޯ ކޮލިފައިންގައި އަރމޭނިޔާއާއި ދެކޮޅަށް ކުޅުނު ...

15 Nov 2014 | 04:52

ޔޫރޯ ކޮލިފައިން އަދި ޔޫރޯގެ މުބާރާތްތަކުގައި އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމަށްފަހު ރޮނާލްޑޯގެ ގޯލާއެކު ޕޯޗުގަލް މޮޅުވެއްޖެއެވެ.

ޔޫރޯ ކޮލިފައިންގައި އަރމޭނިޔާއާއި ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން މޮޅުވިއިރު، މެޗުގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ  ރިއާލްގެ ފޯވަރޑް ރޮނާލްޑޯއެވެ. ރޮނާލްޑޯވަނީ ޔޫރޯ ކޮލިފައިން އަދި ޔޫރޯގެ މުބާރާތްތަކުގައި މިހާތަނަށް  ޖުމްލަ 23 ގޯލް ކާމިޔާބުކޮށްފައެވެ. ކުރިން ރެކޯޑުއޮތީ ޑެންމާރކްގެ ޑާލް ޓޮމްސަން އަދި ތުރުކީގެ ހަކަން ސުކޫރް އަތުގައެވެ. ދެ ކުޅުންތެރިންވެސް ޖަހާފައިވަނީ 22 ގޯލައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ޕޯރޗުގަލްގެ ހަމައެކަނި ގޯލް ރޮނާލްޑޯ ކާމިޔާބުކޮށްދިންއިރު، ޔޫރޯ ކޮލިފައިންގެ ގުރޫޕް އައި ގައި ޕޮރޗުގަލް އޮތީ ކުޅުނު 3 މެޗުން 6 ޕޮއިންޓާއެކު ގުރޫޕްގެ 2 ވަނައިގައެވެ.

ގައުމީޓީމްގެ ސްކޮޑުން 4 އަހަރުގެ މެދުކެނޑުމަކަށްފަހު ޖޯސޭ ބޮސިންގުވާވަނީ މެޗުގައި ފެނިގެން ގޮސްފައެވެ. މީގެ އިތުރުންވެސް ކުރީގެ ޗެލްސީ ޑިފެންޑަރ ކާވާލިއޯވެސްވަނީ މެޗުގެ ފުރަތަމަ އެގާރައިން ފެނިގެން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް