އިންޑޮނޭޝިއާއަށް އައި ބިންހެލުމަކާއެކު ސުނާމީ އެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފި

އިންޑޮނޭޝިއާގެ ހުޅަނގު އުތުރުގައި އޮންނަ ކޯނާ ޓާނޭޓްގެ 93 މޭލު ބޭރަށް 7.3 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވާނިން ސެންޓ...

15 Nov 2014 | 04:39

އިންޑޮނޭޝިއާގެ ހުޅަނގު އުތުރުގައި އޮންނަ ކޯނާ ޓާނޭޓްގެ 93 މޭލު ބޭރަށް 7.3 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ޕެސިފިކް ސުނާމީ ވާނިން ސެންޓަރުން ދީފި އެވެ.

އެމެރިކާގެ ޖެއޮޖިކަލް ސާވޭ(ޔޫއެސްޖީއެސް) އިން ހާމަކުރާ ގޮތުގުގައި އެ ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިއާ ގަޑިން ހެނދުނު 10:31 ގައެވެ. އައި ބިންހެލުން އައިސްފައިވަނީ 47 ކިލޯ މީޓަރު އަޑިން ކަމަށްވެސް ޔޫއެސްޖީއެސްއިން ބުނެ އެވެ.

ޕެސިފިކް ސުނަމީ ވާނިންގް ސެންޓަރުން ބުނެފައިވަނީ ސުނާމީއެއް އުފެދުނަސް ސުނާމީގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ އެ ސަރަހައްދުން ފެށިގެން 300 ކިލޯ މީޓަރުގެ ސަރަހައްދަކަމަށް ކަމަށެވެ. ގޫގަލް މެޕްސް އިން ދައްކާ ގޮތުން ރާއްޖެއާއި އިންޑޮނޭޝިއާގެ ކޮނާ ޓާނޭޓްއާ ދެމެދު 5981 ކިލޯމީޓަރު ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް