އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ -- ފޮޓޯ: އެމްޓީސީސީ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަގާމުންނާއި ބޯޑުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކުރި ގޮތުގައި އޭނާ މަގާމުން ވަކި ކުރުމަށް ފަހު އެ ކުންފުނީގެ ވަގުތީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީ ވަނީ އައްޔަންކޮށްފައި އެވެ. މި ބަދަލު ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ.
އިއްޔެ ޕީސީބީން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ވެސް މަގާމުން ވަކިކޮށްފައެވެ.
އެ ދެ ކުންފުނީގެ ވެރިން މަގާމުން ވަކިކޮށްފައި މިވަނީ އާރުްޑީސީ އާއި ފެނަކަ އުވާލަން ނިންމަވައި ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާނު ކުރެއްވުމާއި ގުޅިގެންނެވެ. ފެނަކަ އުވާލަން ނިންމާއި އެކު ސްޓެލްކޯއިން ދަނީ އަތޮޅު ތެރޭގައި އެ ކުންފުނިން ހިންގި އިންޖީނު ގެތަކާއި ހަވާލުވަމުންނެވެ.
އާރުޑީސީގެ ހިންގުން ހަވާލު ކުރަން ނިންމާފައިވަނީ އެމްޓީސީސީ އާއި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް