ސިނގެރޭޓު ވައްކަން: ބަންދު އަމުރުތަކަށް ބަލާއިރު އާރިފާއި ދިގަލީގެ ރޯލަކީ ފަންޑު ކުރުން – ޒިވާރާއި މުއާޒްގެ ރޯލަކީ ޕްލޭން އެގްޒެކިއުޓް ކުރުން !

ހުޅުމާލޭ އެމްޕީއެލް ޕޯޓުގައި ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ބަންދު އަމުރުތަކަށް ބަލާއިރު އާރިފާއި ދިގަލީގެ ރޯލަކީ ފަންޑު ކުރުން ކަމާއި ޒިވާރާއ...

15 Oct 2025 | 18:11
ހައްޔަރުކުރި މީހުންގެ މަގްޝޮޓްތައް -

ހައްޔަރުކުރި މީހުންގެ މަގްޝޮޓްތައް -

ހުޅުމާލޭ އެމްޕީއެލް ޕޯޓުގައި ހުރި ދެ

ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ

ފަރާތްތަކުގެ ބަންދު އަމުރުތަކަށް ބަލާއިރު އާރިފާއި ދިގަލީގެ ރޯލަކީ ފަންޑު

ކުރުން ކަމާއި ޒިވާރާއި މުއާޒްގެ ރޯލަކީ އެގްސެކިއުޓް ކުރުންކަމުގައި

ތުހުމަތުކޮށްފިއެވެ.

އެގޮތުން ވިޔަފާރިވެރިޔާ އަހްމަދު އާރިފްގެ

ބަންދު އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވަނީ މައްސަލައިގާ ހުށަހަޅާފައިވާ

ހެކިތަކަށް ބަލާއިރު، ގިނަ ބަޔަކު ބައިވެރިވެގެން އެމްޕީއެލްގެ ތެރޭގައި

ހިފަހައްޓާފައި ހުރި ކޮންޓެއިނަރެއް ރާވައިގެން ޤަވާއިދާއި ޚިލާފަށް ވަގަށް

ބޭރުކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އަދި އެކަން ރޭވުމާއި އެ ޢަމަލު

ހިންގުމަށް ފަންޑުކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރެއްގެ

ހެކި ހުރި ކަމަށެވެ.

ލޮޓަސް ވިޔަފާރީގެ ވެރިޔާ އާރިފް ބަންދުކޮށްފައިވަނީ

15 ދުވަހަށެވެ.

މުހައްމަދު ވަހީދު (ދިގަލީ) ގެ ބަންދު

އަމުރުގެ އިތުރު ބަޔާނުގައިވެސް ވަނީ ހަމަ އެ ވާހަކައެވެ. ފަންޑު ކުރި ކަމުގެ

ކޮންމެވެސް ވަރެއްގެ ހެކި ހުރި ވާހަކައެވެ.

ދިގަލީގެ ބަންދަށް ޖަހާފައިވަނީ 10

ދުވަހުގެ މުއްދަތެކެވެ.

ޒިވާރު އިސްމާއިލް އަދި މުއާޒް އަލީގެ

ބަންދު އަމުރުގެ އިތުރު ބަޔާނަށް ބަލައިލާއިރު ފާހަގަކޮށްފައިވަނީ ބައިވެރިވުން

އޮތުމުގެ އިތުރަށް ޢަމަލީގޮތުން ރާވާ ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތު

ކުރެވޭ ކަމަށެވެ.

ޒިވާރަށް ޖަހާފައިވަނީ 15 ދުވަހުގެ

ބަންދުގެ މުއްދަތެކެވެ. މުއާޒަށް ޖަހާފައިވަނީ ފަސް ދުވަހުގެ ބަންދުގެ މުއްދަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް