ޒިވާރު އިސްމާއިލް ސަސްޕެންޑު ކޮށްފީމު: ކަސްޓަމްސް

އެމްޕީއެލްގެ ބަނދަރުގައި ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޒިވާރު އިސްމާއިލް ސަސްޕެންޑުކޮށްފައިވާކަމުގައި ކަސްޓަމްސް އިން ބުނެފިއެވެ. ކަސްޓަމްސް އިން...

15 Oct 2025 | 14:18
ޒިވާރު އިސްމާއިލް -

ޒިވާރު އިސްމާއިލް -

އެމްޕީއެލްގެ

ބަނދަރުގައި ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި

ހައްޔަރުކޮށްފައިވާ ޒިވާރު އިސްމާއިލް ސަސްޕެންޑުކޮށްފައިވާކަމުގައި ކަސްޓަމްސް

އިން ބުނެފިއެވެ.

ކަސްޓަމްސް

އިން މިހެން ބުނެފައިވަނީ މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައެވެ.

އެ

މެސެޖުގައި ކަސްޓަމްސްއިން ބުނެފައިވަނީ ކަސްޓަމްސްއިން ތަހުޤީޤު ކުރަމުންދާ މައްސަލައެއްގައި

ހިމެނޭ ސިނގިރޭޓް ގެއްލިފައިވާ މިމައްސަލައިގައި މުވައްޒަފެއްކަމުގައިވާ، ސުޕްރިންޓެންޑެންޓް

ޒިވާރު އިސްމާޢީލް ވަނީ މިއަދުން ފެށިގެން ވަޒީފާއިން ސަސްޕެންޑުކުރެވިފައި

ކަމަށެވެ.

"އަދި

ތަހުޤީޤަށް ފާހަގަކުރެވޭ ކަންކަމަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ވާހަކަ

ދަންނަވަމު" ކަސްޓަމްސްއިން ބުނެފައިވެއެވެ.

މި

މައްސަލައާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ

01. ލޮޓަސް ވިޔަފާރިތަކުގެ

ވެރިޔާ އަހްމަދު އާރިފް (އާއްޓޭ)

02. އެޕޯލޯ ކުންފުނީގެ

ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)

03. ކަސްޓަމްސްގެ

އިސް މުވައްޒަފެއް ކަމުގައިވާ ޒިވާރު އިސްމާއީލް

04. ކަސްޓަމްސްގެ

ކުރީގެ އިސް މުވައްޒަފެއްކަމުގައިވާ މުއާޒް އަލީ

މި ހަތަރު

މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން

ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ދީފައެވެ.

ބަންދަށް މުއްދަތު ޖަހާފައިވާ ގޮތަކީ

- އާއްޓެގެ

ބަންދަށް 15 ދުވަސް

- ދިގަލީގެ

ބަންދަށް 10 ދުވަސް

- ޒިވާރުގެ

ބަންދަށް 15 ދުވަސް

- މުއާޒްގެ

ބަންދަށް ފަސް ދުވަސް

ހަމަ މި

މައްސަލައާއި ގުޅިގެން އެމްޕީއެލްއިން ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑް

ކޮށްފައިވާކަންވެސް ހާމަކޮށްފައެވެ.

އެ ދެ ކޮންޓޭނަރަކީ

މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ

ނަމުގައި ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓޭނަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް