މުއާޒް އަލީ -
އެމްޕީއެލް
ހުޅުމާލެ ބަނދަރުން ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި
ހައްޔަރުކޮށްފައިވާ މުއާޒު އަލީ ވަޒީފާއިން ސަސްޕެންޑުކޮށްފައިވާކަމުގައި މިފްކޯއިން
ބުނެފިއެވެ.
މިފްކޯއިން
މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ
ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މިފްކޯގެ އިންޖިނިއަރިންގ އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ
ޖެނެރަލް މެނޭޖަރ މުޢާޒު ޢަލީގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު،
އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަޙްޤީޤުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ
ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.
"ކުންފުނީގެ
ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ސޮއިކުރައްވައި މިއަދު ނެރުއްވި
މެމޯއެއްގައި ކުންފުނީގެ ވެރިންނާއި މުވައްޒަފުންނަށް މިކަން ވަނީ އަންގަވާފައި"
މިފްކޯގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިފްކޯއިން
ބުނެފައިވަނީ މި ނިންމެވުމާ ގުޅިގެން ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެކަން ކަށަވަރު
ކުރެއްވުމުގެ ގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވައި އިންޖިނިއަރިންގ ޑިޕާޓްމަންޓުގެ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް، މެނޭޖަރ މުޙައްމަދު ޝަމީމާއި ވަނީ ޙަވާލުކުރައްވާފައި
ކަމަށާއި އަދި އިންޖިނިއަރިންގ ޔުނިޓް، ކޮންސަލްޓެންޓް އިންޖިނިއަރ ޢުބައިދުﷲ ޙުސައިންއާ
ވަނީ ޙަވާލުކުރައްވާފައި ކަމަށެވެ.
ހިނގައިގެން
އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް ޚާއްޞަކޮށް ކުންފުނީގެ
ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ
މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއްކަން ފާހަގަކުރަމުން
މިފްކޯއިން ބުނެފައިވަނީ މިގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި
އާ ރޫޙެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު
އަޅަންޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް
ދެއްވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކާއި، ކޯޕަރޭޓް ގަވަރނެންސްގެ އުސޫލުތަކާއި،
ކުންފުނީގެ ސިޔާސަތުތަކާއި އުސޫލުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއަށް
އޮތް ތަނުގައި ވެސް އަޅަމުންދާނެ ވާހަކަ ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް