ޕޭޕާލް މެދުވެރިކޮށް އިންވާޑް ރެމިޓަންސް ލިބުމުގެ ހުއްދަ އެމްއެމްއޭއިން އުރީދޫ ފިންޓެކަށް ދީފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންވާޑް ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ދީފިއެވެ. މިލައިސަންސް އާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް ހަރުދަނާ ކުރުމަށް އެމ...

15 Oct 2025 | 13:55
ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް

ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންވާޑް

ރެމިޓެންސް ލައިސަންސް ރަސްމީކޮށް އުރީދޫ ފިންޓެކްއަށް ދީފިއެވެ.

މިލައިސަންސް އާއެކު ރާއްޖޭގެ ޑިޖިޓަލް ފައިނޭންޝަލް ސިސްޓަމް

ހަރުދަނާ ކުރުމަށް އެމް-ފައިސާ އިން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަ

ވެގެންދާނެކަމަށާއި މި ލައިސަންސަކީ އުރީދޫގެ ފިންޓެކްގެ ހިދުމަތްތައް ފުޅާކޮށް،

ފަސޭހަކަމާއެކު އެމްފައިސާ ވޮލެޓަށް ފައިސާ ޓްރާންސްފަރ ކުރުމުގެ މަގު

ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި މުހިންމު

ދައުރެއް އަދާކުރާނެ ލައިސަންސެއްކަމުގައި އުރީދޫ ފިންޓެކް މޯލްޑިވްސް

އިން ބުނެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ރަސްމީކޮށް ލައިސަންސް

ހަވާލުކޮށްދެއްވީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ

މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީ އާއި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ޗީފް

އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީއެވެ. މި ލައިސަންސްގެ ދަށުން އަމިއްލަ

ފަރުދުން، ޚާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި

އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕާލް

މެދުވެރިކޮށް ފައިސާ ފޮނުވޭނެއެވެ. ބޭރު ގައުމުތަކުން ރެމިޓެންސް ލިބުމުގެ

ގާބިލްކަން ލިބުމާ އެކު، އެމްފައިސާ ވޮލެޓަށް ފައިސާ ސީދާ ލިބުމުގެ ފުރުސަތު

ވަރަށް އަވަހަށް ލިބިގެންދާނެ އެވެ.

މި ރަސްމިއްޔާތުގައި އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ

އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި ލައިސަންސްގެ ސަބަބުން އެމްއެމްއޭއިން އިން ޑިޖިޓަލް އިގްތިސާދެއް

ބިނާކުރުމަށް ކުރާ މަސައްކަތަށް އުރީދޫއިން ދޭ އަހްމިއަޔަތަށް އިތުރު ބާޜެއް

ލިބިގެންދާނެ ކަމަށެވެ.

އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި

ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް

ޓްރާންސްފަރގެ އިތުރުން އިންޓަނޭޝަނަލް ރެމިޓެންސް ފަދަ ހިދުމަތްތައް ފުޅާވެ،

ރާއްޖޭގެ ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނައުމުގައި އުރީދޫއިން ދަނީ އިތުރު

ދައުރެއް އަދާކުރަމުންނެވެ. މި ޚިދުމަތްތަކުގެ ސަބަބުން ޑިޖިޓަލް މޯލްޑިވްސްއެއް

ބިނާކުރުމަށް އެހީތެރިވެދޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް