ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ މަގްޝޮޓްތައް -
އެމްޕީއެލްގެ ހުޅުމާލެ އިންޓަނޭޝަނަލް ޕޯޓުގައި
ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ
ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
ރޭގައި މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން
ބުނެފައިވަނީ އެ މައްސަލައިގާ ދެ ވިޔަފާރިވެރިޔަކާއި ކަސްޓަމްސްގެ އިސް
މުވައްޒަފަކާއި އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އެހެންނަމަވެސް
އެމީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް މީޑިއާތަކަށް އެކި މަސްދަރުތަކުން
ކަށަވަރުކުރެވިފައިވާގޮތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ
01. ލޮޓަސް ވިޔަފާރިތަކުގެ ވެރިޔާ އަހްމަދު އާރިފް
(އާއްޓޭ)
02. އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު
(ދިގަލި)
03. ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމުގައިވާ ޒިވާރު
އިސްމާއީލް
04. ކަސްޓަމްސްގެ ކުރީގެ އިސް މުވައްޒަފެއްކަމުގައިވާ މުއާޒް
އަލީ
މި ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް
މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ
މުއްދަތު ދީފައެވެ.
ބަންދަށް މުއްދަތު ޖަހާފައިވާ ގޮތަކީ
އާއްޓެގެ ބަންދަށް 15 ދުވަސް
ދިގަލީގެ ބަންދަށް 10 ދުވަސް
ޒިވާރުގެ ބަންދަށް 15 ދުވަސް
މުއާޒްގެ ބަންދަށް ފަސް ދުވަސް
ހަމަ މި މައްސަލައާއި ގުޅިގެން އެމްޕީއެލްއިން ވަނީ
އެ ކުންފުނީގެ ހަ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާކަންވެސް ހާމަކޮށްފައެވެ.
އެ ދެ ކޮންޓޭނަރަކީ މިދިޔަ އަހަރުގެ އޭޕްރީލް
މަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ބިންލާދިން ގްރޫޕުގެ ނަމުގައި ރާއްޖެއަށް
ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓޭނަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް