އެފްއޭ ކަޕް: މަހިބަދޫ ބަލިކޮށް ސެމީގެ ޖާގަ ނިއުއިން ކަށަވަރުކޮށްފި

ރޭ ކުޅެވުނު އެފްއޭކަޕްގެ ކުއާޓަރ ފައިނަލް މެޗުގައި މަހިބަދޫ ބަލިކޮށް ނިއުރޭޑިއަންޓުން ސެމީފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ 6-3 ގެ ނަތީޖާއަކުންނެވެ. ނިއުއިނ...

15 Oct 2014 | 10:15

ރޭ ކުޅެވުނު އެފްއޭކަޕްގެ ކުއާޓަރ ފައިނަލް މެޗުގައި މަހިބަދޫ ބަލިކޮށް ނިއުރޭޑިއަންޓުން ސެމީފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިމިފައިވަނީ 6-3 ގެ ނަތީޖާއަކުންނެވެ. ނިއުއިންވަނީ މެޗުގެ 20 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. އަދި މާގިނައިރެއްނުވެ ލިބުނު ހިލޭ ޖެހުމަކުން ނިއުވަނީ ލީޑު ފުޅާކޮށްފައެވެ. މި ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗުގެ ދެވަނަ ހާފަށްނިކުމެ މަހިބަދޫއިންވަނީ އަލީ ޝާލިމްގެ ގޯލާއެކު ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. ނަމަވެސް އޭގެ 2 މިނެޓްފަހުން ނިއުއިންވަނީ އަނެއްކާވެސް ލީޑު ތަފާތުކޮށްފައެވެ. ގޯލް ކާމިޔާުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑޭވިޑެވެ. ޑޭވިޑް މެޗުގައި އަދި އިތުރު ގޯލެއް ކާމިޔާބު ކުރިއިރު އަނެތް ދެ ގޯލް ކާމިޔާބުކޮށްދިނީ އަކުރަމް ( އަކޫ ) އަދި އިބްރާހިމް ފަޒީލް (އޮއްޕޮ) އެވެ.

މެޗުގެ ފަހު 6 މިނެޓުގައި މަހިބަދޫއިން 2 ގޯލް ކާމިޔަބުކޮށް ނަތީޖާވަނީ 6-3އަށް ބަދަލުކޮށްލާފައެވެ. މި ދެ ގޯލް ކާމިޔާބުކޮށްދިނީ ޖުނައިދު އަދި ހުސެއިން ނިޔާޒް (ބޮކުރީ) އެވެ.

އެފްއޭކަޕްގެ ކުއާޓަރފައިނަލްގައި މިރޭ އީގަލްސް ނިކުންނާނީ ބީޖީ ސްޕޯރޓްސްއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް