މިފަހަރުވެސް ޤައުމުން ބޭރު ފަހަރެއް ކަމަށް ހީކޮށް ތިއްބާ، އަހަރީ ދުވަސް ފާހަގަ ކުރަނީ ގޭގައި

ބޮލީވުޑްގައި "ރޯޔަލް ކަޕްލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް މާދަމާ ދެ އަހަރު ފުރޭނެ އެވެ. އެންމެންވެސް ހީކޮށްގެން ތިބީ އެ ދެ ތަރިންގެ ކައިވެނީގެ ފުރަތ...

15 Oct 2014 | 09:34

ބޮލީވުޑްގައި "ރޯޔަލް ކަޕްލް" ގެ ގޮތުގައި މަޝްހޫރު ވެފައިވާ ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް މާދަމާ ދެ އަހަރު ފުރޭނެ އެވެ.

އެންމެންވެސް ހީކޮށްގެން ތިބީ އެ ދެ ތަރިންގެ ކައިވެނީގެ ފުރަތަމަ އަހަރީ ދުވަހެކޭ އެއްގޮތަށް މިއަހަރުވެސް ޤައުމުން ބޭރަށް ގޮސް އަގުބޮޑުކޮށް ދެމީހުން އެކަނި މި ދުވަސް ފާހަގަ ކުރާނީ ކަމަށެވެ. އެކަމަކު މީގެ ދެ ދުވަސް ކުރިން ކަރީނާ ވަނީ އެއްވެސް އެހެން ޤައުމަކަށް ނުދާނެ ކަމަށާއި ކައިވެންޏަށް ދެ އަހަރުފުރުން ފާހަގަ ކުރާނީ މަދްޔަ ޕްރަދޭޝްގެ ގޯޕާލްގައި ހުންނަ ސައިފްގެ ގޭގައި ކަމަށް ބުނެ ފައި އެވެ.

މިދިޔަ އަހަރު ދެމީހުންވެސް، ދެމީހުންނަށް ސަޕްރައިޒް ދިނުމުގެ ގޮތުން ތަފާތު ހަދިޔާ ދީފައިވާއިރު އުންމީދު ކުރެވެނީ މިއަހަރުވެސް ތަފާތު ސަޕްރައިޒެއް ދޭނެ ކަމަށެވެ. އެގޮތުން ކަރީނާ ވަނީ މީޑިއާގައި އޭނާ ވަރަށް ހާއްސަ އެއްޗެއް ސައިފަށް ދޭނެ ކަމަށް ބުނެފައި އެވެ.

މިދިޔަ އަހަރު ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދެ ތަރިން ޔޫރަޕްގެ ޤައުމަކަށް ގޮސް އެކަނި އަހަރީދުވަސް ފާހަގަ ކޮށްފައިވާއިރު މިއަހަރުވެސް މާބޮޑަށް ފާހަގަ ނުކުރާނެކަމަށް ދެ ތަރިންވެސް ވަނީ ބުނެފައި އެވެ. ކަރީނާ ބުނީ ސައިފްގެ ގެކަމަށްވާ ޕަތޯރީ ޕެލަސްގައި ބާއްވާ ކުޑަ ހަފްލާއަށް ދައުވަތު ދޭނީ ދެފަރާތުގެ އާއިލާއަށާއި ގާތް ރަހުމަތްތެރިންނަށް އެކަނި ކަމަށެވެ.

ސައިފް އާއި ކަރީނާ ކައިވެނިކޮށްފައިވަނީ އޮކްޓޯބާ 16، 2012 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް