ބައިނަލްއަގުވާމީ ދަރިވަރުންނަށް ދިވެހި ސަގާފަތް ދައްކައިލުމަށް އެމްއެންޔޫއިން ހާއްސަ ހަރަކާތެއް ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ތައުލީމު ހާސިލުކުރާ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް "ސާގާފީ ސައި – އިންޓަނޭޝަނަލް ކޮމިއުނިޓީ ގެދަރިން" ގެ ނަމުގައި ސަގާފީ ބައްދަލުވުމެއް ...

15 Sep 2026 | 09:07
N/A

N/A

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި ތައުލީމު ހާސިލުކުރާ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް "ސާގާފީ ސައި – އިންޓަނޭޝަނަލް ކޮމިއުނިޓީ ގެދަރިން" ގެ ނަމުގައި ސަގާފީ ބައްދަލުވުމެއް ފަށައިފިއެވެ.

އެކި ގައުމުތަކުން އެ ޔުނިވާސިޓީއަށް ކިޔަވަން އައިސް ތިބި ދަރިވަރުން އެއް ތަނަކުން ބައްދަލުކޮށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ދިވެހިންގެ މެހުމާންދާރީ ރަމްޒުކޮށްދޭ ސައި ބައިވެރިންނަށް ތައާރަފްކޮށްދީފައިވެއެވެ. ސައިގެ އިތުރުން ސަގާފީ ކުޅިވަރާއި ހުށަހެޅުންތައް ހިމެނޭ ޕްރޮގްރާމެއް ހިންގައި ދަރިވަރުންނަށް އެ ކުދިންގެ ސަގާފަތް ހިއްސާކުރުމާ އެކު ދިވެހި ސަގާފަތް ދެނެގަތުމުގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމް ވަނީ ބޭރު ގައުމުތަކުގެ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެ ތަފާތު ފަސްގަނޑުތަކުން އަންނަ ދަރިވަރުންނަށް ބައިވެރިވުން އިހުސާސްކުރެވޭ މާހައުލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

އެމްއެންޔޫގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) ގެ އެއްބާރުލުމާ އެކު ހިންގި މި ހަރަކާތަކީ މިހާރު އެ ޔުނިވާސިޓީގައި ގަވާއިދުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ކެމްޕަސް ތެރޭގައި ސަގާފީ ގުޅުންތައް ވަރުގަދަކޮށް ދަރިވަރުންގެ މެދުގައި ނިސްބަތްވުމުގެ އިހުސާސް ހަރުދަނާކުރުމަށް އެމްއެންޔޫއިން މި ފަދަ ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް