ބޭންކުން ކުރިއަށްގެންދިޔަ ސެޝަންގެ ތެރެއިން -
ބޭންކް އޮފް މޯލްޑިވްސްއިން ވިލިނގިލީގައި ހުންނަ ގއ.
އަތޮޅު ތަޢުލީމީ މަރުކަޒާއި ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަންހެން
ދަރިވަރުންނަށް ހާއްސަކޮށްގެން ހިންގި އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ
(އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ އަންހެން މުވައްޒަފުންގެ
ޓީމަކުން ހިންގި މި ޕްރޮގްރާމްގައި އައިސީޓީ ދާއިރާގެ މައުލޫމާތާއި މި ދާއިރާގައި އަދާކުރެވޭ
ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ފިނުން ހިމެނެއެވެ. ގްރޭޑް 6 އަދި 7 ގެ އަންހެން
ދަރިވަރުންނަށް ހިންގި މި ޕްރޮގްރާމްގައި މިދާއިރާއިން ކެރިއަރ ބިނާ ކުރާނެ ގޮތާއި
މެންޓަރޝިޕް ސެޝަނެއްވެސް ބޭއްވުނެވެ.
އަދި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، ބީއެމްއެލްއިން
ކޮންމެ ސްކޫލަކަށް ކޮމްޕިއުޓަރ ސިސްޓަމެއް ހަދިޔާ ކުރިއެވެ. މިއީ އިންޓަނޭޝަނަލް ގަރލްސް
އިން އައިސީޓީ ޑޭ ފާހަގަކުރުމަށް ހިންގޭ މި ޕްރޮގްރާމްގެ ވިދިވިދިގެން ތިންވަނަ އަހަރެވެ.
ކުރީ އަހަރުތަކުގައި މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫ، ފުވައްމުލައް ސިޓީ
އަދި އައްޑޫ ސިޓީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް