އަލިބަބާ ވޯކްޝޮޕްގައި 450 މީހުން ބައިވެރިވެއްޖެ: ވަޒީރު ސައީދު

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އަލިބަބާ އޮންލައިން ވޯކްޝޮޕްގައި މިހާތަނަށް 450 މީހަކު ބައިވެރިވެފައިވާކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއުލާނުކުރައްވައިފިއެވެ. މިކަން ހާމަކުރައްވަމުން ވަޒ...

15 Sep 2025 | 07:11
އަލިބަބާގައި ދިވެހީންނަށް ތަކެތި ވިއްކޭނެ ފަހި މަގެއް ކޮށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން -

އަލިބަބާގައި ދިވެހީންނަށް ތަކެތި ވިއްކޭނެ ފަހި މަގެއް ކޮށުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން -

މާދަމާ ފެށުމަށް ހަމަޖެހިފައިވާ އަލިބަބާ

އޮންލައިން ވޯކްޝޮޕްގައި މިހާތަނަށް 450 މީހަކު ބައިވެރިވެފައިވާކަން އިކޮނޮމިކް މިނިސްޓަރު

މުހައްމަދު ސައީދު އިއުލާނުކުރައްވައިފިއެވެ.

މިކަން ހާމަކުރައްވަމުން ވަޒީރު ސައީދު ވިދާޅުވީ އެ

450 އެއްހާ މީހުންގެ ތެރޭގައި އޮންލައިން ޕްލެޓްފޯމްތަކާއި އަލަށް ވިޔަފާރި ފަށާ

ފަރާތްތަކާއި ލޮޖިސްޓިކްސް ހިދުމަތްދޭ ފަރާތްތަކާއި ޕޯސްޓަލް ސާވިސަސް ތަކާއި

ބޭންކުތަކުގެ އިތުރުން ފްރެއިޓް ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ބޭންކް އޮފް

މޯލްޑިވްސް އާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކު މާދަމާ ކުރިއަށްގެންދާ އަލިބަބާ

އޮންލައިން ވޯކްޝޮޕަކީ އެ ވޯކްޝޮޕްގައި އަލިބަބާ އެކައުންޓް ހަދާނެ ގޮތާއި

އެކައުންޓް މެނޭޖް ކުރާނެ ގޮތާއި ބީޓުސީ (ބިޒްނަސް ޓު ކަސްޓަމަރސް) އަދި ބީޓުބީ

(ބިޒްނަސް ޓު ބިޒްނަސް) ތަކެތި ވިއްކާނެ ގޮތުގެ ތަފްސީލު ދަސްކޮށްދޭނެ

ވޯކްޝޮޕެކެވެ.

އަލިބަބާގައި ދިވެހީންނަށް ތަކެތި ވިއްކޭނެ މަގު

ފަހިކޮށްދިނުމުގެ މަސައްކަތް ފެށިގެން ކުރިއަށްމިދަނީ

2030 ވަނަ އަހަރުގެ ނިޔަލަށް ކްރިއޭޓިވް

އިކޮނޮމީއިން ދިވެހިރާއްޖޭގެ އިކޮނޮމީއަށް ޖީޑީޕީއިން ހިއްސާކުރާ މިންވަރު 15

ޕަސެންޓަށް ހެދުމަށް ރައީސް ވެ ވަޑައިގެންފައިވާ ވައުދުގެ ދަށުން ކަމުގައި އިކޮނޮމިކް

މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް