ފަރަށް އުރުނު ލޯންޗުގައި ތިބި ދަތުރުވެރިން - ފޮޓޯ: މެރިން ޕޮލިސް
ފަރަކަށް އުރުނު ލޯންޗެއްގައި ތިބި ބަޔަކަށް އެހީތެރިކަން
ފޯރުކޮށްދީފިއެވެ.
މިކަން ހާމަކޮށް މެރިން ޕޮލިސް އިން މިއަދު
ބުނެފައިވަނީ އަށް މީހަކާއެކު ކ. ފުށިދިއްގަރު ފަރަށް ދަތުރުކުރަމުންދިޔަ ލޯންޗެއް
ރޭ 12:45 ހާއިރު ފަރަކަށް އުރުމުން އެ ލޯންޗުގައި ތިބި މީހުން ސަލާމަތުން މާލެ
ގެނެސްފައިވާކަމަށެވެ.
"ލޯންޗު ފުން ކުރުމުގެ މަސައްކަތް އުޅަނދުގެ
ވެރި ފަރާތުން އަންނަނީ ކުރަމުން" މެރިން ޕޮލިހުން ބުނެފައިވެއެވެ.
މި ހާދިސާގައި ދެމީހަކަށް ކުދި އަނިޔާ ލިބުނު ނަމަވެސް
އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް މެރިން ޕޮލިސް އިން
ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް