N/A
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ 29 އަހަރުގެ އަންހެނެއްގެ ލަގެޖުން މަސްތުވާތަކެތި ފެނިގެން އެ މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ އެލީސް މައިކަލް ބްރަމްހޭން ނަމަކަށް ކިޔާ މީހެކެވެ. އިންޑިގޯ ފްލައިޓުން އެއާޕޯޓަށް ގެނައި ލަގެޖެއްގައި ކަސްޓަމްސް އިން ރެޑް ސްޓިކާ ޖެހުމަށް ފަހު ބެލްޓަށް ދޫކޮށްލާފައި އޮތެވެ. އެ ލަގެޖު އެކްސްރޭ ކުރި ހިނދު އޭގައި ހުރި ފުޅިތަކާ މެދު ޝައްކު އުފެދި ހުޅުވައި ބެލިއިރު މަސްތުވާތަކެތި ހުރިކަން ފާހަގަވެފައިވެއެވެ.
ތަހުލީލުތަކުން ދައްކާ ގޮތުގައި އެ ތަކެތީގައި 2450 ގްރާމް ޓެޓްރާހައިޑްރޯކެނަބިނޯލް ހިމެނެއެވެ. މީގެ އިތުރުން ބްރަމްހޭންގެ މޯބައިލް ފޯނުން ނެގި ޗެޓް ލޮގްތައް ވެސް ހެކީގެ ގޮތުގައި ހުށަހެޅިފައިވާ ކަމަށް ބަންދު އަމުރުން އެނގެއެވެ. ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުރި ކަމަށް ކޯޓުން ކަނޑައަޅައި 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
ބްރަމްހޭން ވަނީ ފުރަތަމަ ހައްޔަރުކުރުމަށް ފަހު ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރި ކަމުގެ ޝަކުވާ ހުށަހަޅައިފައެވެ. ފުލުހުން ބުނި ގޮތުގައި ފުރަތަމަ ހައްޔަރުކުރެވުނީ ވަކި ތުހުމަތެއްގައި ކަމަށާއި ފަހުން ކޯޓު އަމުރެއްގެ ދަށުން މިހާރު ތުހުމަތުކުރެވޭ ޑްރަގް ސްމަގުލް ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ބްރަމްހޭން ބަންދުގައި ހުންނާނީ ކަސްޓޯޑިއަލް ޖަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް