އިންޑިއާގެ މިނިވަން ދުވަހު އެ ގައުމަށް ރައީސް ސޯލިހް ތަހުނިޔާ ދަންނަވައިފި

އަވަށްޓެރި އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަހުނިޔާ ދަންނަވައިފިއެވެ. ރައީސް ސޯލިހް އިންޑިއާއަ...

15 Aug 2019 | 06:19

އަވަށްޓެރި އިންޑިއާގެ 73 ވަނަ މިނިވަން ދުވަސް މިއަދު ފާހަގަ ކުރަމުން އަންނައިރު މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަހުނިޔާ ދަންނަވައިފިއެވެ.

ރައީސް ސޯލިހް އިންޑިއާއަށް ތަހުނިޔާ ދަންނަވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ސޯލިހްގެ އެ ޓްވީޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފައިވެއެވެ.

ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އިންޑިއާއަކީ އަޅުގަނޑުމެންގެ އަވަށްޓެރިޔާ އަދި އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސް ސޯލިހްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިންޑިއާއިން އެ ގައުމުގެ 73 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުން އަންނައިރު އެގައުމަށް މިނިވަންކަން ލިބުނީ އިނގިރޭސީންގެ އަތުން 15 އޯގަސްޓް 1947 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް