ހަމަހަމަ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ: އީސީގެ މެންބަރު ހަބީބު

ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހަމަހަމަ ފުރުސަތު ދޭން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ. ހަބީބު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސުލްހ...

15 Aug 2017 | 10:39

ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހަމަހަމަ ފުރުސަތު ދޭން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

ހަބީބު ކުރައްވާފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސުލްހަވެރި ސިޔަސީ ހަރަކާތައް ހިންގުމަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ކަމާއިއެކު ދޭން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ޕޯސްޓާއި އެކު ހަބީބު ވަނީ ގާނޫނު އަސާސީގައި ބުނާ އެ މާއްދާވެސް ހިމަނާފައި އެވެ. އެ މާއްދާގައި ވަނީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭ ވަސީލަތްތަކާއި ފުރުސަތުތަކާއި ހިދުމަތްތަކަކީ ހަމަހަމަކަމާ އެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ފޯރުކޮށްދޭން ވާނެ ކަންކަން ކަމަށެވެ.

ހަބީބު މިހެން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކަށް ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ނުދޭ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެވެ. އަދި ޕީޕީއެމްގެ ހަރަކާތްތަކާއި ޖަގަހަތައް ހެދުމަށް މާލޭގެ ބިންތަކާއި މަގުތައް ބޭނުން ކުރަމުންދާއިރު އެކަމާ އީސީ އާއި ކަމާ ބެހޭ ފަރާތްތަކުން އެއްޗެއް ނުބުނެ ހިމޭނުން ތިބި ދަނޑިވަޅެއްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް