ލާމުގައި ހާލުދެރަވި އައްޑޫ މީހަކު ފްލައިޓް ތެރޭގައި ނިޔާވެއްޖެ

ސިކްސް ސެންން ލާމު ރިސޯޓްގައި މަސައްކަތްކުރާ އައްޑުއަށް ނިސްބަތްވާ މުވައްޒަފަކު ބަލިވުމުން މާލެ ގެންދަން އުޅެނިކޮށް ނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ...

15 Aug 2017 | 10:05

ސިކްސް ސެންން ލާމު ރިސޯޓްގައި މަސައްކަތްކުރާ އައްޑުއަށް ނިސްބަތްވާ މުވައްޒަފަކު ބަލިވުމުން މާލެ ގެންދަން އުޅެނިކޮށް ނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ނިޔާވެފައިވަނީ ހުން އައުމުން ލ ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށށް ގެންދިއުމަށްފަހު މާލެ ގެންދަން އުޅުނު އައްޑުއަށް ނިސްބަތްވާ މީހެއް ކަމަށެވެ. އިތުރު ތަފްސީލު ފުލުހުންގެ މީޑިއާ އޮފިސަރު ހާމައެއް ނުކުރެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ގަމު ރީޖަނަލް ހޮސްޕިޓަލުގެ ޖެނެރަލް މެނޭޖަރ އަބްދުލްހަންނާން ވިދާޅުވީ އުމުރުން 32 އަހަރުގެ ފިރިހެނަކު، ސިކްސް ސެންސް ލާމު ރިސޯޓުން ހޮސްޕިޓަލަށް ގެނައީ ދެރޭ ކުރިން ކަމަށެވެ. ގެނައި އިރު މައިގަނޑު ކޮމްޕްލޭނަކީ ހޮޑުލާއިރު ލޭ އައުމާއި ނޭވަޔަށް އުނދަގޫވުން ކަމަށެވެ. އަދި ގެނައި އިރުވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައިވަނީ އައްޑޫ ހިތަދުއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ޝާނީޒް މުހައްމަދު އެވެ. ނިޔާވީ ފްލައިޓަށް އެރުވި ފަހުންނެވެ.

"އައިޖީއެމްއެޗްގެ ލަފަޔާއެކު އާސަންދަ ހަމަޖެހުމުން މާލެ ފޮނުވާލުމުގެ ކަންތައް މިއަދު ފަތިހު ކުރިއަށް ގެންދިޔައީ، ނިޔާވީ އެއާޕޯޓަށް ގެންދިޔަ ފަހުން" ހަންނާން ވިދާޅުވި އެވެ.

ނިޔާވި މީހާގެ ހަށިގަނޑު އަދި އޮތީ ލ ގަމު މަތިމަރަދޫ ހިނަވާގޭގަ އެވެ. ސިކްސް ސެންސް ލާމުން، ފްލައިޓެއް ޗާޓަރުކޮށް އޭނާގެ ހަށިގަނޑު އައްޑުއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި އޭނާއަށް ފަރުވާ ދެމުންދިޔައިރު އާއިލާގެ މެމްބަރުން ލާމަށް އައުމުން މާލެގެންދާއިރު އޮތް ރިސްކަކީ ކޮބައިކަން އާއިލާއަށް ކިޔައިދިން ކަމަށާއި މާލެ ގެންދަން ނިންމީ އާއިލާއިން އެ ރިސްކު ނަގަން ގަބޫލު ވުމުންކަމަށްވެސް މައުލޫމާތު ލިބިފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް