ބިސްކޯދު ޑަބިޔަލެއްގައި ކޮލަމާފުއްޓަށް އެތެރެ ކުރި މަސްތުވާތަކެތި އަތުލައިގެންފި

ގއ. ކޮލާމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މާލެއިން ކޮލަމާފުއްޓަށް ދިޔަ ...

15 Aug 2017 | 09:54

ގއ. ކޮލާމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރީ މާލެއިން ކޮލަމާފުއްޓަށް ދިޔަ ބޯޓެއްގައި މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ލިބިގެން އެ ރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެވެ.

މި މީހާ ހައްޔަރުކޮށް އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު މިމީހާ ހިފައިގެން ހުރި ޑަބިޔަލެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

މި މައްސަލަ ތަހުގީގުކުރަމުން ދަނީ ކޮލަމާފުށި ޕޮލިސް ސްޓޭޝަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް