ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލަތަކެއްގަ ހަ މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ހަމީހުން ހޯދަނީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ތަފާތު ހަ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ހޯދަން އިއުލާނުކޮށްފައިވަނީ ސ. ހިތަދޫ، ސެޕްޓެމްބަރުއާގެ ބަދީޢު ޢަބްދުﷲ 41، ކ. މާލެ، ދަފްތަރު ނަންބަރު 5490، އަޙްމަދު ހަނީފް 51، އާއި ސ. މަރަދޫ، ރެހެންދި، މުޙައްމަދު ޝިހާދު 37، އާއި ރ. މާކުރަތު، އުޖާލާ، ޢަލީ ޢަޡްލީމް 24، އާއި ކ. ދިއްފުށި، ހުދުވިލާގެ، އިބްރާހިމް އިނާޒް 33، ގެ އިތުރުން ޏ. ފުވައްމުލައް/މިސްކިތްމަގު، ބްލޫލައިޓް، ޙަސަން ޢާޠިފް 41، އެވެ.
މި މިީހުންނާއި ގުޅެ މައުލޫމާތެއް އެނގޭނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9660126 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް