ސަލްމާން އާއި ޝާރުކް ހާން އުމުރާއި ގުޅޭ ރޯލުތައް ކުޅެން މަޖުބޫރުވެފައި

ބޮލީވުޑްގައި އެންމެ މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާމް ހާން، ޝާރުކް ހާން އަދި އާމިރު ހާން އާއި އެކު ފިލްމު ކުޅެން ބޭނުން ނުވާ ތަރިއަކު ނުހުރެ އެވެ. ކިތަންމެ ޅައުމުރުގެ އަންހެން ތަރިއެއް...

15 Aug 2017 | 06:58

ބޮލީވުޑްގައި އެންމެ މަޝްހޫރު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާމް ހާން، ޝާރުކް ހާން އަދި އާމިރު ހާން އާއި އެކު ފިލްމު ކުޅެން ބޭނުން ނުވާ ތަރިއަކު ނުހުރެ އެވެ. ކިތަންމެ ޅައުމުރުގެ އަންހެން ތަރިއެއް ވިޔަސް އެމީހުންނާއި އެކު ފިލްމު ކުޅެން ބޭނުންވެ އެވެ.

އެއީ ފިލްމު ހިޓުވެފަ ކާމިޔާބު ފިލްމަކަށް ވާނެތީ އެވެ. އެކަމަކު މިހާރު އެ ދުވަސް ހިނގައްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ތިން ހާނުން ވެސް މިހާރު އުމުރާ ގުޅޭ ރޯލުތަކުން ފެންނަން ވެއްޖެ އެވެ.

މިދިޔަ ފިތުރު އީދާ ދިމާކޮށް ރިލިޒް ކުރި ސަލްމާން ހާންގެ 'ޓިއުބް ލައިޓު" ފްލޮޕްވުމާއި މިދިޔަ ހަފްތާގައި ރިލީޒް ކުރި ޝާރުކް ހާންގެ "ޖަބް ހެރީ މެޓް ސީޖަލް" އަށް މާބޮޑު ކާމިޔާބީއެއް ނުލިބުމުން އެކަމުން އެ ދެ ތަރިން ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރެ އެވެ.

ބޮލީވުޑް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އުމުރުން 50 ން މައްޗަށް ދިއުމުން ލޯބީގެ ރޯލުތަކުން ފެންނަށް އާންމުން ގަބޫލު ނުވާނެކަން އެ ތަރިން އަމިއްލައަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އެމީހުން ބުނީ އާންމުންގެ ލޯބި އަދި އިހުތިރާމް ކުރިޔަށް އޮތްތާ ބޭނުންވާނަމަ އުމުރާ ގުޅޭ ފިލްމުތަކުން ފެންނަން ފަށަން ޖެހޭ ކަމަށެވެ.

އާމިރު ހާނާއި އަމީތާބު ބައްޗަން އަކީ ނަމޫނާ ތަރިންގެ ގޮތުގައި ބެލުމަށް އެ މީހުން ވަނީ ސަލްމާ އާއި ޝަރުކްގެ ކިބައިން އެދިފަ އެވެ. އަދި ދެބައި އުމުރަށް ދިޔުމުން ގައިގޯޅި ފިލްމުތަކުން ފެނުމަކީ އެހާ ރީތި ކަމެއް ނޫންކަމަށް ބުނެފައިވެ އެވެ.

މި ފަހުން ރިލީޒް ކުރި އާމިރްހާންގެ "ދަންގާލް" ގައި އޭނާ ކުޅެފައިވަނީ ބައްޕައެއްގެ ރޯލުންނެވެ. އާންމުންނަށް އެ ފިލްމު ކަމުގޮސް އެ ފިލްމަކީ މިހާތަނަށް ބޮލީވުޑްގައި ދެ ވަނައަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދި ފިލްމަށް ވަނީވެފަ އެވެ.

އެކަމަކު އަދިވެސް ޝާރުކް ހާން އާއި ސަލްމާން ހާން ބޭނުންވަނީ ޅައުމުރުގެ އަންހެން ތަރިންނާއި އެކު ލޯބީގެ ބައިތައް ކުޅުމަށެވެ. އެކަމާ ގުޅިގެން ޝާރުކް ބުނެފައިވަނީ އޭނާ ކޮންމެ ރޯލެއް ކުޅެންވެސް ތައްޔާރު ކަމަށެވެ، އެކަމަކު ޑައިރެކްޓަރުން އޭނާ ލައްވާ ބައްޕައެއްގެ ރޯލު ނުވަތަ މުސްކުޅިއެއްގެ ރޯލު ކުޅުވަން އަދިވެސް ބޭނުން ނުވަނީ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދާދިފަހުން ސަލްމާން ހާން ވަނީ "އޭބީސީޑީ 3" ކުޅުމަށް ސޮއި ކުރުމަށް ފަހު މާ ގަދަޔަށް ނަށަން ޖެހޭތީ ފިލްމު ދޫކޮށްލާފައި އެވެ. ސަލްމާން ބުނީ އެ އުމުރުގައި އެ ވަރަށް ނުނެށޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް