“ޕެހްރޭދާރް ޕިޔާ ކީ” ދެއްކުން ހުއްޓާލަން އިންޑިއާ ސަރުކާރުން އަންގަފާނެތަ!

މިދިޔަ މަހު ސޮނީ ޓީވީން ދައްކަން ފެށި ޑްރާމާ ސީރީޒް “ޕެހްރޭދާރް ޕިޔާ ކީ”  އުފެއްދުން ހުއްޓާލަން އިންޑިއާގެ މައި ސަރުކާރުން އަންގަފާނެ ކަމަށް ބެލެވެން ފަށައިފި އެވެ. “ޕެހްރޭދާރް ޕިޔާ ކީ” ގައި ފެނިގެންދ...

15 Aug 2017 | 06:03

މިދިޔަ މަހު ސޮނީ ޓީވީން ދައްކަން ފެށި ޑްރާމާ ސީރީޒް “ޕެހްރޭދާރް ޕިޔާ ކީ”  އުފެއްދުން ހުއްޓާލަން އިންޑިއާގެ މައި ސަރުކާރުން އަންގަފާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

“ޕެހްރޭދާރް ޕިޔާ ކީ” ގައި ފެނިގެންދަނީ އިންޑިއާގެ ޝާހީ އާއިލާއެއްގެ 18 އަހަރުގެ އަންހެން ކުއްޖަކު 10 އަހަރުގެ ފިރިހެން ކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ ތަނެވެ. މިކަން އިންޑިއާގެ އާންމުންނަށާއި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކަށް ބަލައިގަންނާކަށް ފަޭހައެއް ނުވި އެވެ.

އެކި ގޮތް ގޮތަކަށް އެ ސީރީޒް އާއި ދެކޮޅަށް ކެމްޕެއިން ކުރުމަށް ފަހު މިހާރު ވަނީ ވަރުގަދަ ޕެޓިޝަނެއް އިންޑިއާގެ މައި ސަރުކާރުގެ ޓެކްސްޓައިލް އެންޑް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު ސްމްރިތި އިރާނީއަށް ހުށަހަޅާފައި އެވެ. އެ އެ ޕެޓިޝަންގައި އެދިފައިވަނީ އެ ޝޯ ހުއްޓާލުމަށް އެންގުމަށެވެ.

އެ މިނސްޓްރީއަށް ހުށަހެޅި އެ ޕެޓިޝަންގައި އެތައް ލައްކަ ބަޔަކު ސޮއި ކޮށްފައިވެ އެވެ. އެކަމަކު އަދި އެ ޕެޓިޝަން އާއި ގުޅިގެން ޓެކްސްޓައިލް އެންޑް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. ބުނެފައިވަނީ ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

މިކަމާ ގުޅިގެން "ޕެހްރޭދާރް ޕިޔާ ކީ" ގެ ޑައިރެކްޓަރު ސުމީތް މިއްތަލް ބުނެފައިވަނީ މިނިސްޓްރީން އަދި އެއްވެސް އެއްޗެއް އަންގާފައި ނުވާކަމަށެވެ. އަދި މިނިސްޓްރީން އެ ޝޯ ހުއްޓާލަން އަންގައިފި ނަމަ އެކަމަށް އެއްބާރުލުންދީ އަމުރަށް ކިޔަމަންވާނެ ކަމަށެވެ.

އެކަމަކު އެ ޝޯއަކީ އާންމުންނަށް ނުބައި މެސެޖެއްދީ އެ ޝޯއިން ފެނިގެންދާ ކަންކަން ކުރުމަށް ބާރު އެޅުމުގެ ގޮތުން ދައްކާ ޝޯއެއް ނޫންކަމަށް އޭނާ ބުނެފައިވެ އެވެ. އިތުރަށް ސުމީތު ބުނެފައިވަނީ "ޕެހްރޭދާރް ޕިޔާ ކީ" ދެކޮޅަސް ގޮތެއް ނިންމާނަމަ އޭގެ ކުރިން ޝޯ އިތުރަށް ބަލައި މޮނިޓާ ކުރުމަށް އެދޭކަމަށެވެ.

އެ ސީރިޒް ޕްރޮމޯގައި ޅަ އުމުރުގައި ކައިވެނި ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ގެނެސްދޭ ޑްރާމާއެއް ނޫންކަމަށް ހާމަކޮށްފައިވީ ނަމަވެސް މިފަދަ ގޮތަކަށް ވާހަކަތައް ގެނެސްދިނުމުން އެކަން ކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބޭނެކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް