ޗައިނާގެ ފަތުރުވެރިން ރާއްޖެ އަންނަ މިންވަރު އިތުރު ކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ހާއްސަ ޕްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.
މަޓާޓޯއިން މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ ޗައިނާ އައުޓްބައުންޑް ޓޫރިޒަމް އިންސްޓިޓިއުޓް (ކޮޓްރީ) އާއި ގުޅިގެންނެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މަޓާޓޯއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ސޭލްސް ޓީމްތަކާއި މާކެޓިންގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހުޅުވާލާފައި އެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދެއަހަރު ދުވަހުގެ "ޗައިނީސް ޓޫރިސްޓް ވެލްކަމް ކޮލިޓީ ހޯސްޓް" ސެޓްފިކެޓް ލިބޭ އެވެ.
މަޓާޓޯއިން ބުނީ މި ޕްރޮގްރާމަކީ ޗައިނާގެ އައުޓްބައުންޑް ޓްރެވަލް މާކެޓަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް