މާލެއާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ބަަދަލު ގެނެސްްފި

މާލެ އާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ. ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވީ މިފަހަރު މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފައި ...

15 Jul 2019 | 12:00

މާލެ އާއި ހުޅުމާލޭގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނެސްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވީ މިފަހަރު މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފައި ވަނީ ކަމާބެހޭ އިދާރާތަކާއި ވިޔަފާރިވެރިންނާ ވެސް މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

މުދާ އުފުލޭނެ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި ބަދަލުގައިވާ ގޮތުން، 350 ކިލޯގެ ޕިކަޕު ތަކަށް 24 ގަޑިއިރު މުދާ އުފުލޭނެ އެވެ. އަދި ހެނދުނު 9:00 އިން ހެނދުނު 11:30 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުތަކަށް މުދާ އުފުލަން ހުއްދަދިން ނަމަވެސް، ސްކޫލް ފެށޭ ގަޑިތަކާއި ނިމޭ ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަހައްދަށް ވެހިކަލް ވަނުން މަނާވާނެ އެވެ.

އާ އުސޫލުގައިވާ ގޮތުން، ހެނދުނު 11:30 އިން 1:30 އަށް 350 ކިލޯ އިން ފެށިގެން ދަށުގެ އުޅަނދު ފިޔަވައި އެހެން އުޅަނދުތައް މުދާ އުފުލުމަކީ މަނާ ކަމެކެވެ. އަދި ސްކޫލް ގަޑިތަކުގައި ސްކޫލް ހިމެނޭ ސަރަހައްދުން ދަތުރު ކުރުމަކީ ވެސް މަނާ ކަމެކެވެ.

ދަންވަރު 1:30 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދު ފަހަރަށް ވެސް މުދާ އުފުލޭނެ އެވެ. ނަމަވެސް އެ ވަގުތުތަކުގައި ވެސް ކަސްޓަމުން ނެރޭ މުދާ އުފުލޭނީ ބޮޑު ތަކުރުފާނު މަގުން އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް