ޓްރާންސްޕޯޓު އޮތޯރިޓީ އިން ދޭ ހިދުމަތައް އަވަސްކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި، އެ އޮތޯރިޓީ އިންދޭ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު، އާއިޝަތު ނަހުލާ ވިދާޅުވީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސެންސާ ގުޅޭ ހިދުމަތްތައް ދޭނީ އޮންލައިންކޮށް ކަމަށެވެ.
"ލައިސެންސާ ގުޅުން ހުރި ހުރިހާ ހިދުމަތެއް އަޅުގަނޑުމެން އޮންލައިން ކުރާނެ ވާހަކަ ދަންނަވަން. އަދި ޕޯޓް ޑިއުސް އަދި ލެޓް ޑިއުސްގެ ހިދުމަތްތައްވެސް އޮންލައިން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ނިންމި އިރު މީގެ ކުރިން ވަނީ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް އެ އޮތޯރިޓީން ހިދުމަތް ހޯދުމަށް ދޫކުރާ ނަންބަރުތައް ދޫކުރާ ގަޑިއަށްވެސް ބަދަލު ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް