އިންޑިއާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ އަދްނާން ސާމީ އާއި އަންހެނުން ރޯޔާ ފަރްޔާބީއަށް މިއަހަރުގެ މެއި އަށެއް ގައި ލިބުނު ދަރިފުޅު، މަދީނާ ސާމީ ޚާން ޢާންމުންނަށް ދައްކާލައިފި އެވެ.
އިންސްޓަގުރާމްގައި ޝެއާކޮށްފައިވާ އެ ފޮޓޯގައި އެ ދެމަފިރިންނާއި އަންހެން ދަރިފުޅާއެއްކޮށް އިން ފޮޓޯއަކާއި، ދަރިފުޅު އެކަނި އިން ފޮޓޯއެއް ހިމެނެ އެވެ.
އަދްނާން ސާމީއަކީ ލަވަކިޔުމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގެ އެތައް އެވޯޑެއް ހާސިލުކޮށްފައިވާ މީހެކެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ އިތިއޯޕިއާގެ ފެމިން ހިޓަށް ލަވައެއް ލިޔެގެން ޔުނިސެފްގެ ފަރާތުން ލިބުނު އެވޯޑާއި، އެފްރިކާއަށް ލިޔުނު ލަވަޔަކަށް ލިބުނު އ.ދ އިންދޭ ޕީސް މެޑަލް އެވެ.
އުމުރުން މިހާރު 43 އަހަރުގެ އަދްނާން ސާމީ ވަނީ ދެ ފިލްމެއްގައި އެކްޓުވެސް ކޮށްފަ އެވެ. އެގޮތުން މިއަހަރު ނިކުތް އޭނާގެ މިއުޒިކަލް ފިލްމު "އަފްގާ.. އިން ސާރޗް އޮފް ހޯމް" އަށްވެސް އެވޯޑުތައް ލިބިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް