ސެލީނާ ގޯމޭޒްގެ އާ ލަވަ "ސްޓެއިންޑް" ލީކުވެއްޖެ

އެމެރިކާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްގެ އައު ލަވަ "ސްޓެއިންޑް" ރިލީޒްނުކޮށް އުޅެނިކޮށް އޮންލައިންކޮށް ލީކު ކޮށްލައިފި އެވެ. ސެލީނާގެ ދެން ނިކުންނަ އަލްބާމްގައި ހިމެނޭނެކަމަށް ބެލެވޭ އެ ލަ...

15 Jul 2017 | 03:49

އެމެރިކާގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްގެ އައު ލަވަ "ސްޓެއިންޑް" ރިލީޒްނުކޮށް އުޅެނިކޮށް އޮންލައިންކޮށް ލީކު ކޮށްލައިފި އެވެ.

ސެލީނާގެ ދެން ނިކުންނަ އަލްބާމްގައި ހިމެނޭނެކަމަށް ބެލެވޭ އެ ލަވަ ލީކުކޮށްލީ މި މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރި ސެލީނާއާއި ގޫސީ މޭން ކިޔާފައިވާ އައު ލަވަ "ފެޓިސް" ރިލީޒްކުރިތާ އެއްދުވަސް ނުވެ އުޅެނިކޮށެވެ.

https://www.instagram.com/p/BWQlbTCggHO/

ލީކުކޮށްލި ލަވައިގައި ސެލީނާ ކިޔަނީ އޭނާގެ ދިރިއުޅުމުގައި މިހާރު ހުރި މައްސަލަތަކުގެ ވާހަކަ އެވެ.

އޭގެ އިތުރުން ހަމަ އިއްޔަ ސެލީނާ، ޖަސްޓިން ބީބާރ އާއެކު ކިޔާފައިވާ ޑުއެޓް "ކާންޓް ސްޓީލް އަވާރ ލަވް" ކިޔާ ލަވައެއްވެސް ވަނީ އޮންލައިންކޮށް ލީކުކޮށްލާފަ އެވެ.

ފޭނުން ދެކޭގޮތުގައި އެ ލަވައިގައި ރެކޯޑުކޮށްފައިވަނީ 2014 ވަނަ އަހަރު ސެލީނާއާއި، ޖަސްޓިންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުމުގެ ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް