ސޯބެ، ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމުގެ ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) މެންބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ. ސޯބެ ހުވާކުރެއްވީ މިއަދު ހެނދު...

15 Jun 2026 | 10:13
ސޯބެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: މަޖިލިސް

ސޯބެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) މެންބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ސޯބެ ހުވާކުރެއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެންބަރު ޕީއެންސީގެ އަޙުމަދު ސިނާންގެ މެންބަރުކަން ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމްކުރުމުންނެވެ. އެއާ ގުޅިގެން މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ސޯބެ ކާމިޔާބުކުރެއްވީ 62 ވޯޓުގެ ތަފާތަކުންނެވެ. ސޯބެއަށް 1,375 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙުމަދު ސަޢީދު (ސޮޑާ) އަށް ލިބިވަޑައިގެންނެވީ 1,313 ވޯޓެވެ.

ސޯބެ ވަނީ 2011 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް 10 އަހަރު އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ޕްލޭނިން ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް