N/A
ވައްކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު، ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ތަކެތި އޭނާގެ އަތުން އެހެން މީހަކު ވަގަށް ނަގައިފި ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ހދ. މަކުނުދޫ ލުބޯގަސްދޮށުގެ ޙުސައިން މަޙީލް (25އ) އެވެ. މަޙީލް ވައްކަމުގެ ތުހުމަތަށް އިންކާރު ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ބުނެފައި ވަނީ އެ ތަކެތި އޭނާގެ އަތުން އެހެން މީހަކު ވަގަށް ނެގީ ކަމަށެވެ.
ޤާޟީ އަޙްމަދު ނިޔާޒް ބަންދު އަމުރު ނެރުއްވީ، ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ބެއްލެވުމަށް ފަހުގައެވެ. ފުލުހުންގެ ތުހުމަތު ރަނގަޅު ކަމަށް ޤާޟީ ފާހަގަ ކުރައްވައިފައި ވާ އިރު، ހެކީގެ ގޮތުގައި ވީޑިއޯ ފުޓޭޖް ސްނެޕް ޝޮޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން ހުށަހެޅިފައި ވެއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި މަޙީލް އަކީ ކުރިން ވެސް މަސްތުވާ ތަކެއްޗާއި ވައްކަމާ ގުޅުން ހުރި ރެކޯޑް އޮތް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް