ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރަން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާ ކުރުމާ ހަމައިން: ރައީސް

މިއަދު ފާހަގަ ކުރަމުން ދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމެއްގެ އިޖްތިމާޢީ ފޭރާން ...

15 May 2026 | 03:42
N/A

N/A

މިއަދު ފާހަގަ ކުރަމުން ދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤައުމެއްގެ އިޖްތިމާޢީ ފޭރާން ހަރުދަނާ ކުރުމުގެ ފެށުމަކީ ބަދަހި ޢާއިލާތަކެއް ބިނާ ކުރުން ކަމަށް ވިދާޅުވެއްޖެއެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚާއްޞަ މެސެޖެއްގައި ވިދާޅުވީ، ޢާއިލާ އެއްގެ ފެށުމަކީ މައިން ބަފައިން ކަމަށް ވާ އިރު، ﷲ ގެ އެއްކައުވަންތަކަން ޤަބޫލު ކުރުމަށް ފަހު، މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއް ދޭން އަމުރުވެވިގެން ވާ އެއް ކަމަކީ މަންމަ އާއި ބައްޕަ އަށް ހެޔޮކޮށް ހިތުމާއި ކިޔަމަން ގަތުން ކަމަށެވެ.

"މާތްވެގެން ވާ އިސްލާމް ދީން ޢާއިލާ އަށް ދޭ ޤަދަރާއި އަހުމިއްޔަތުގެ ބޮޑުކަން ހަމައެކަނި މި ކަމުން ވެސް ހާމަވޭ. ޢާއިލާ އިން އުފައްދައި ދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކު ވެސް ކެނޑިގެން ދާނެ ގުޅުމެއް ނޫން. ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅު ކުރުން ފަށަން ޖެހެނީ ބަދަހި އަދި ހަރުދަނާ ޢާއިލާތަކެއް ބިނާ ކުރުމާ ހަމައިން" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

ދިވެހި ކޮންމެ ރައްޔިތަކަށް މެ ޢާއިލީ ލޯތްބާއި އަޅައިލުމާ އެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާ ކުރައްވަމުން، މި އުފާވެރި ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ރައީސް ވަނީ އަރިސްކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް