ޒިޕްލައިނަކުން ވެއްޓި ތައިލެންޑް ގައި ކެނަޑާ ޓޫރިސްޓެއް މަރުވެއްޖެ

ތައިލެންޑްގެ ޗިއަންގ މައި ސިޓީގެ ޒިޕްލައިނަކުން ކެނަޑާގެ ޓޫރިސްޓެއް ވެއްޓި މަރުވެއްޖެއެވެ. ސްޕެންޗާ ޗާލްސް ނަމަކަށް ކިއުނު މި މީހާ ވެއްޓިފައި ވަނީ 100 މީޓަރު މަތިންނެވެ. ޗާލްސް ވެއްޓިފައި ވަނީ ގާތަކެއ...

15 Apr 2019 | 09:56

ތައިލެންޑްގެ ޗިއަންގ މައި ސިޓީގެ ޒިޕްލައިނަކުން ކެނަޑާގެ ޓޫރިސްޓެއް ވެއްޓި މަރުވެއްޖެއެވެ.

ސްޕެންޗާ ޗާލްސް ނަމަކަށް ކިއުނު މި މީހާ ވެއްޓިފައި ވަނީ 100 މީޓަރު މަތިންނެވެ. ޗާލްސް ވެއްޓިފައި ވަނީ ގާތަކެއްގެ މައްޗަށް ކަމުން ވެއްޓުނުތާ މާ ގިނައިރު ނުވަނިސް މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާ ހިނގީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. ފުލުހުންގެ ތަހުގީގުން އިނގުން ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ޒިޕްލައިންގައި ހުރި ތަކެތި ޗާލްސްގެ ބަރުދަނާ ނުބައްދަލުވުމުގެ ސަބަބުންނެވެ.

އެ ޒިޕްލައިނަށް އެރެނީ 125 ކިލޯއަށްވުރެ ދަށުގެ މީހުންނަށެވެ. ނަމަވެސް ޗާލްސް ގައިގައި 125 ކިލޯ ހުރިކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ޗާލްސް އިން ޒިޕްލައިންގައި ހުރީ އެންމެ ތިން ކޭބަލް ކަމަށާއި، އޭގައި މަދުވެގެން އަށް ކޭބަލް އިންނަން ޖެހޭނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ޒިޕްލައިން ހިންނާ ގިބޮން ކޮމްޕެނީ ވަނީ މިހާރު ފުލުހުން ސަސްޕެންޑް ކޮށްފައެވެ. އެ ކުންފުނިން ވަނީ މިހާދިސާގެ ހުރިހާ ޒިންމާއެއް އުފުލާފައެވެ.

ޗިއަންގ މައި ޒިޕްލައިން އަކީ އޭޝިއާގައި ވާ ޒިޕްލައިން ތަކުގެ ތެރެއިން އެންމެ ދިގު އަދި ސިންގަލް ޒިޕްލައިންއެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ މިހާދިސާގެ ފަހުން ސޯޝަލް މީޑިއާގައި އެ ކޮމްޕެނީ އާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް