ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ދެވިފައިވާ ކަމަށް އެ ކުންފުނިން ފާހަގަކޮށްފިއެވެ.
ދިރާގުގެ ކާމިޔާބީ ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖީން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، މިހާރު ރާއްޖޭގެ 58 ރަށެއްގައި ކޭބަލް ނެޓްވޯކް އަޅާފައިވާ ކަމަށާއި މިހާރު މާލެއާ އެއް ސްޕީޑެއްގައި މި ހިދުމަތް އެހެން ރަށްރަށުންވެސް ލިބޭނެ ކަމަށެވެ. އަދި އޭގެ ކުރިން މަސައްކަތް ކުރީ 13 ރަށުގައި ކޭބަލް އަޅައިގެން ކަމަށް ވިދާޅުވިއެވެ.
އާބާދީގެ 75 އިންސައްތައަށް ފައިބާ ބްރޯޑުބޭންޑުގެ ހިދުމަތް ދިނުމަކީ ބުރަ އަދި ބޮޑު މަސައްކަތެއް ކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން، އސްމާއިލް ވިދާޅުވީ ފަހުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން އިތުރު ރަށްތަކަށް ހައި ސްޕީޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ދިރާގުން މަސައްކަތް ކުރަމުން ދާކަމަށެވެ.
މި ރަސްމިއަޔާތުގައި ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވީ ކޮމިޔުނިކޭޝަނުގެ އަގަކީ ދުވަހުން ދުވަހަށް ދަށަށްދާ އަގުތަކެއް ކަމަށާއި ދިރާގުން ވެސް މަސައްކަތް ކުރާނީ އެދެވޭ އަގެއްގައި ރަނގަޅު ކޮލެޓީއެއްގެ ހިދުމަތް ދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް