އެންއައިސީގެ މެމްބަރުކަމަށް 26 މީހަކު ކުރިމަތި ލައްވައިފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް 26 މީހަކު ކުރިމަތި ލައްވައިފި އެވެ. އެންއައިސީ ގެ މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވ...

15 Apr 2019 | 05:15

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް 26 މީހަކު ކުރިމަތި ލައްވައިފި އެވެ.

އެންއައިސީ ގެ މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމުން 26 މީހަކު ވަނީ ހުށަހަޅުއްވާފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލަ ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ކުރިމަތި ލެއްވި ފަރާތްތަކުގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފުނުއްވާފައިވާ ސިޓީފުޅައެއްކޮށް ވަނީ އިއްވާފައެވެ.

އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ނަންތައް ދިރާސާ ކުރުމަށްފަހު މި ކޮމިޝަނަށް މެމްބަރުން ކަނޑައަޅާނީ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.

މި ކޮމިޝަނަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް