ސީ ބެޑެއްގައި އޮޔާދިޔަ އަންހެނަކު ސަލާމަތް ކޮށްފި

ސީބެޑެއްގައި އޮޔާދިޔަ އަންހެނަކު ކަނޑުމަތިން ސަލާމަތްކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެކަން ހިނގާފައިވަނީ މިއަދު ހެނދުނު 10:13 ހާއިރުގައެވެ. ތ. ގުރައިދޫ ރަށު ފަންނާ ދިމާލުން ކަމަށް ކަނޑަށް އޮޔ...

15 Mar 2019 | 10:38

ސީބެޑެއްގައި އޮޔާދިޔަ އަންހެނަކު ކަނޑުމަތިން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެކަން ހިނގާފައިވަނީ މިއަދު ހެނދުނު 10:13 ހާއިރުގައެވެ. ތ. ގުރައިދޫ ރަށު ފަންނާ ދިމާލުން ކަމަށް ކަނޑަށް އޮޔާދިޔަ މީހެއް ކަމަށް ބުނެފިއެވެ.

އިތުރަށް ބުނެފައިވަނީ 19 އަހަރުގެ އެ އަންހެންމީހާ ކަނޑުމަތިން އޮޔާ ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން، ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީ އެ އަންހެންމީހާ ސަލާމަތް ކޮށްދީފައިކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް