N/A
ދިވެހިރާއްޖޭގައި ހުންނަ އިޓަލީވިލާތުގެ އެމްބަސީއާއި، ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި، ކޮންސަވޭޓޯރިއޯ އޮފް ޕަލާމޯ، ކޮންސަވޭޓޯރިއޯ އޮފް
ސަސާރީ އަދި ކޮންސަވޭޓޯރިއޯ އޮފް ޓްރަޕާނީގެ މެނޭޖްމަންޓް ގުޅިގެން "ދަ ފްރެޖިލިޓީ
އެންޑް ބިއުޓީ އޮފް މެރިން އީކޯސިސްޓަމްސް" (ކަނޑުގެ ދިރުންތަކުގެ ނާޒުކުކަމާއި
ރީތިކަން) މި ނަމުގައި ޚާއްޞަ ސަގާފީ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތުގެ ރަސްމީ ރަސްމިއްޔާތު ކުރިއަށް ގެންދިޔައީ 14 ފެބްރުއަރީ 2026 ވީ
ހޮނިހިރު ދުވަހުގެ ހެނދުނު 11:30 އިން މެންދުރުފަހު 2:00 އަށް، އެމް.އެން.ޔޫ އޭ-ބްލޮކް
އޮޑިޓޯރިއަމްގައެވެ.
މީގެ އިތުރުން، އާންމުންނަށް ހުޅުވާލައިގެން ބޭއްވި "ސައުންޑްސްކޭޕް"
ހުށަހެޅުން 15 ފެބްރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން 11:30 އަށް،
އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޭ-ބްލޮކް އޮޑިޓޯރިއަމްގަވަނީ ކުރިއަށް
ގެންގޮސްފައެވެ.
މިއީ ޑިޖިޓަލް އީޖާދުތަކާއި ތިމާވެށީގެ ހޭލުންތެރިކަން މެދުވެރިކޮށް ސަގާފީ ތަރިކަ
ކުރިއެރުވުމަށްޓަކައި، އިޓަލީގެ ދެކުނުގެ ކޮންސަވޭޓަރީތަކާއި ޔުނިވަރސިޓީތައް އެމް.އެން.ޔޫ
އާ ގުޅިގެން ކުރިއަށްގެންދިޔަ ބައިނަލްއަޤުވާމީ މަސައްކަތެކެވެ. މި ސައުންޑްސްކޭޕް
ކޮމްޕޮޒިޝަނަކީ، ދިވެހިރާއްޖެއަށް ނުހަނު މުހިންމު ކަމެއް ކަމުގައިވާ ކަނޑުގެ ދިރުންތަކުގެ
ނާޒުކު ބެލެންސާއި އާދަޔާޚިލާފު ރީތިކަން މިއުޒިކީ ދަތުރެއްގެ ސިފައިގައި އިހުސާސްކޮށްދޭ
ހުށަހެޅުމެކެވެ.
މި ހަރަކާތުން ރަމްޒުކޮށްދެނީ އިޓަލީއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ
ސަގާފީ ގުޅުމެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތަޢުލީމާއި، ފަންނީ މުޢާމަލާތްތަކަށް
ދެ ޤައުމުން ދޭ އަހައްމިއްޔަތު އިތުރަށް ހަރުދަނާކޮށްދޭ ކަމެއްކަމަށް ވެސް ވަނީ
ފާހަގަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް