ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ މިމަހުގެ28 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.
ބާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ ބާއްވާ ޖަލްސާގައި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ހުށަހަޅައި ފާސްކުރާނެ ކަމަށެވެ. އަދި އާންމު މެމްބަރުންގެ ފަރާތުން ހުށަހަޅާ ކަންކަމާ މެދު މަޝްވަރާ ކުރާނެ ކަމަށެވެ.
އެ ކައުންސިލުން ވަނީ އާންމު މެމްބަރުންގެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންކަން އީމެއިލް މެދުވެރިިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. އެ ފުރުސަތު ހަމަވާނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބާ ކައުންސިލް އުފައްދާފައިވަނީ މިދިޔަ އަހަރު އެވެ. މިއީ އެ ކައުންސިލް އުފެދުނު ފަހުން ބާއްވާ ފުރަތަމަ އަހަރީ އާންމު ޖަލްސާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް