ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ ބޮޑުކޮށް ރައްޔިތުންގެ މަޖިލީހަށް ގޮތެއް ނިންމަން ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި އެ ޕާޓީގެ ތިލަދުންމަތީ "އިރުވައި ކޮންފަރެންސް"ގެ ޕެނަލް ޑިސްކަޝަންގައި ކައުންސިލަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކައުންސިލަރުންގެ މުސާރައަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހާމަކުރައްވައިފައެވެ.
އަތޮޅު ކައުންސިލްގެ އެކުލެވުމަށް ގެނައި ބަދަލާއެކު މުޅި އަތޮޅުގެ މީހުން ވޯޓު ދީގެން އިންތިހާބު ކުރާ އަތޮޅު ކައުންސިލްގެ ރައީސްއަށް ދެނީ 28،000 ރުފިޔާގެ މުސާރައެކެވެ. މީގެ ކުރިން އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައަށް ލިބެނީ މަހަކު 25،000 ރުފިޔާ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް