އާމްދަނީގެ ފަރަގު ނައްތައިނުލެވި ތަރައްގީއެއް ނުކުރެވޭނެ: ރައީސް

އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ ނިސްބަތް މާލެ އާއި އަތޮޅުތަކާ ދެމެދު ބޮޑު ފަރަގެއް އެބަަހުރި ކަމަށާއި އެ ފަރަގު ނައްތައި ނުލައި ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު...

15 Jan 2020 | 07:30

އެންމެ ކުޑަ އާމްދަނީ ލިބޭ މީހުންގެ ނިސްބަތް މާލެ އާއި އަތޮޅުތަކާ ދެމެދު ބޮޑު ފަރަގެއް އެބަަހުރި ކަމަށާއި އެ ފަރަގު ނައްތައި ނުލައި ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ

ކުޅުދުއްފުށީ ސިޓީގައި އެމްޑީޕީން މިހާރު ކުރިޔަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފަރަންސް" ގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ބަލައިއިރު މާލެ އާއި އަތޮޅުތަކުގައި ވަރަށް ބޮޑު ތަފާތެއް އެބަ ހުރި ކަމަށާއި ވަޒީފާ އާއި ލިބޭ އާމްދަނީއަށް ބެލިޔަސް ބޮޑު ތަފާތެއް ދައްކާ ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ކައިރީގައި އޮތް ތަނެއް ނުވަތަ ހަމަ އެކަނި މާލެ ތަރައްގީ ކުރުމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ތިލަދުންމަތީގައި ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއު ހިންގަން ހިމަނާފައިވާ ކަމަށާއި އެގޮތުން ގާތްގަނޑަކަށް 200 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ތަރައްގީގެ މަޝްރޫއުތައް ހިމަނާފައިވާ ކަމަށެވެ.

ރާއްޖޭގައި ބަލާ މިންގަނޑުން ފަގީރެއްގެ ގޮތުގައި ބަލަނީ އެންމެ މަދުވެގެން ދުވާލަކަށް 74 ރުފިޔާ ނުލިބޭ ނަމަ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް