ވަގުތުން ގެޔަށް އިންޓަނެޓް – ދިރާގު އެލްޓީއީ ބްރޯޑްބޭންޑް

ބޭނުން އިރަކު ބޭނުންތާކު ގެއަށް އިތުރު ނަރުނުވައްދައި ހަލުވިސްޕީޑްގެ އިންޓަނެޓް ލިބޭ ދިރާގުގެ އެލްޓީއީ ބްރޯޑްބޭންޑް އާ ޕެކޭޖްތަކަކާއެކު ދިރާގުން މިއަދު ފުޅާކޮށްނެރެފިއެވެ. އެލްޓީއީ ބްރޯޑްބޭންޑް މީގެ ދ...

14 Dec 2017 | 08:59

ބޭނުން އިރަކު ބޭނުންތާކު ގެއަށް އިތުރު ނަރުނުވައްދައި ހަލުވިސްޕީޑްގެ އިންޓަނެޓް ލިބޭ ދިރާގުގެ އެލްޓީއީ ބްރޯޑްބޭންޑް އާ ޕެކޭޖްތަކަކާއެކު ދިރާގުން މިއަދު ފުޅާކޮށްނެރެފިއެވެ.

އެލްޓީއީ ބްރޯޑްބޭންޑް މީގެ ދޮޅު އަހަރެއް ކުރިން ދިރާގުންވަނީ އަތޮޅުތަކަށް ތައާރަފްކޮށް ނެރެފައެވެ. މިއަދު، ފުޅާކޮށް މި ނެރުނު ޕެކެޖް ތަކުގެ ސަބަބުން ދަތުރު މަތީގަ އުޅޭ ބޭފުޅުންނާއި ވަގުތީ ކޮށް ތަންތަނުގައި ދިރިއުޅޭ ބޭފުޅުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ކޮންމެ ތާކުންވެސް އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު މަގުފަހިވެގެންދާނެއެވެ.

މި ހިދުމަތަކީ ލޯންގް ޓާމް އިވޮލޫޝަން ނުވަތަ އެލްޓީއީގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިން ސެޓަޕް ފުރިހަމަ ކޮށް އަދި އެކްޓިވޭޓް ކޮށްފައިވާ ރައުޓަރއެއް މެދުވެރިކޮށެވެ.  މިގޮތުން، މިނެޓެއް ތެރޭގައިވެސް، ކަރަންޓަށް ގުޅައި، ފަސޭހަކަމާއެކު ހަލުވި ސްޕީޑްގެ އިންޓަނެޓް ބޭނުންކުރަން ފެށޭނެ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފުޅާވެގެން ގޮސްފައެވެ.

ދިރާގުން ބުނި ގޮތުގައި  ހޯމް ބްރޯޑްބޭންޑާއެކު މާކެޓުގައި އެންމެ އަގުހެޔޮ ރޭޓުތަކުގައި އެލްޓީއީ  ބްރޯޑްބޭންޑްގެ ހިދުމަތާއެކު 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ ތަފާތު 4 ޕެކޭޖެއް ވަނީ ތައާރަފުކޮށްފައެވެ. މީގެ ތެރޭގައި ބްރޯޑްބޭންޑް އެލްޓީއީ ސްޓާޓަރ ގައި 25ޖީބީ (499 ރުފިޔާ)، އެލްޓީއީ ބޭސިކް 50ޖީބީ (699 ރުފިޔާ)، އެލްޓީއީ ޕްލަސް 100ޖީބީ (999 ރުފިޔާ)، އަދި އެލްޓީއީ ޕްރިމިއަމް 160 ޖީބީ (1499 ރުފިޔާ) އެވެ.

މިއަލަށް ތައާރަފްކުރި ޕެކޭޖްގެ ތެރެއިން 12 މަސް ދުވަހުގެ ކޮންޓްރެކްޓް ނަގާ ފަރާތްތަކަށް އެލްޓީއީ ހޯމް ބްރޯޑްބޭންޑްގެ ރައުޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި އެހެނިހެން ކޮންޓްރެކްތްގައި އުޅޭ ފަރާތްތަކަށް ރައުޓަރ ފަސޭހައިން ބައްލަވައިގަނެވޭނެ އިންތިޒާމް ދިރާގުން ހަމަޖައްސާފައިވެއެވެ.

ދިރާގުން ބުނި ގޮތުގައި ޕެކޭޖުގެ މުއްދަތުގެ ތެރޭގައި، ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް، އެއްވެސް އިތުރު ޗާޖަކާއި ނުލާ، ދަށް ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ބޭނުންކުރެވޭނެއެވެ ނުވަތަ 5 ޖީބީ އާއި 10 ޖީބީގެ އެޑް އޮން ބޫސްޓަރ އެއްވެސް ނެގޭނެއެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް