ފިރިޔަކުު އެދޭނަމަ ޖިންސު ނުލުމަށް އިންޑިއާގެ މިނިސްޓަރަކު އެދިއްޖެ

ކައިވެނިކުރަން ބައިވެރިޔަކު ބޭނުންވާ އަންހެނުން ޖީންސް ނުލުމަށް އިންޑިޔާގެ މިނިސްޓަރަކު އެދިއްޖެ އެވެ. ކިޔަވާ ކުދިންތަކަކާއި ވާހަކަދައްކަމުން އިންޑިޔާގެ ހިޔުމަން ރިސޯސް މިނިސްޓަރ ސައްތްޔަޕަލް ސިންހް ބ...

14 Dec 2017 | 01:52

ކައިވެނިކުރަން ބައިވެރިޔަކު ބޭނުންވާ އަންހެނުން ޖީންސް ނުލުމަށް އިންޑިޔާގެ މިނިސްޓަރަކު އެދިއްޖެ އެވެ.

ކިޔަވާ ކުދިންތަކަކާއި ވާހަކަދައްކަމުން އިންޑިޔާގެ ހިޔުމަން ރިސޯސް މިނިސްޓަރ ސައްތްޔަޕަލް ސިންހް ބުނެފައިވަނީ އެއްވެސް ފިރިހެނަކު ޖީންސް ލައިގެން ކައިވެނީގެ މާލަމަށް އަންނަ އަންހެން ކުއްޖަކާއި ކައިވެނި ކުރަން ބޭނުން ނުވާނެކަމަށެވެ.

ކައިވެނިކުރަން ބޭނުންނަމަ އުތުރު ކަރައިގެ ގޮތްތަކާއި ދުރުވުމަށް ބުނުުމުން މި މިނިސްޓަރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިގޮތުން އިންޑިޔާގެ އިދިކޮޅު އެއް ޕާޓީކަމުގައިވާ އާމް އާދްމީ ޕާޓީގެ އިސް މެންބަރު، ޕްރިތީ ޝަރްމާ ބުނެފައިވަނީ ސައްތްޔަޕަލް އާއި ކައިވެނި ކުރި އަންހެނަކަށް ހަމްދަރްދީ ވާކަމަށެވެ.

މީގެ ކުރިން އަންހެނުން ރޭޕްވުމަށް މަގުފަހިވަނީ ގޮތްނެތްކަމުންކަމަށް ބުނުމުންވެސް ސަތްޔަޕަލްއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުފެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް