ސެމްސަންގް އިން މިދިޔަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ ޕެޓެންޓެއް އާންމުވެއްޖެ އެވެ.
މި ޕެޓެންޓުން ފެންނަނީ އެއްފަރާތުގައި އެއްކޮށް އަދި އަނެއް ފަރާތުގައި މެދަކާއި ހަމައަށް ޑިސްޕްލޭ ފަތުރާލާފައިވާ އިލެކްޓްރޯނިކް ޑިވައިސް އެކެވެ. މި ޕެޓަންޓް ހޯދައި އާންމު ކޮށްފައިވަނީ "ލެޓްސް ގޯ ޑިޖިޓަލް" ނޫސް އެޖެންސީންނެވެ.
މި ޕެޓެންޓަކީ އެމެރިކާގެ ޕެޓެންޓް އެންޑް ޓްރޭޑްމާކް އޮފީހުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ރަޖިސްޓްރީ ކޮށްފައިވާ ޕެޓެންޓެއް ކަމުގައިވާއިރު މި ޕެޓެންޓާއި ގުޅޭ މާ ގިނަ މައުލޫމާތެއް އެ ޕެޓެންޓް ކަރުދާހުގައި ލިޔެފައެއް ނުވެ އެވެ.
މި ޕެޓެންޓާއި ބެހޭގޮތުން ދެގޮތަކަށް ވާހަކަ ދެކެވޭއިރު އެއް ބަޔަކު ބުނަނީ ސެމްސަންގް އިން ދެން ނެރޭ ފޯނަކަށް މި ކޮންސެޕްޓް ފައްކާ ކޮށްފާނެ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ މި ކޮންސެޕްޓް ފޯނެއްގެ ގޮތުގައި ފައްކާ ކުރަން ގިނަ ދުވަސްތަކެއް ނަގައިފާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް