މި އަހަރު ގޫގަލްގައި އެންމެ ގިނަ މީހުން ގޫގަލްކުރި ލަވައަކީ ދެސްޕަސީތޯ !

ގޫގަލް އިން ކޮންމެ އަހަރަކު ނެރޭ، "ގޫގަލްސް އެނުއަލް އިޔާ އިން ސާޗް" ރިޕޯޓް މި އަހަރުވެސް ގޫގަލް އިން މިވަނީ އާންމު ކޮށްފަ އެވެ. މި ހިނގާ 2017 ވަނަ އަހަރުގެ މި ރިޕޯޓަށް ބަލައިލާއިރު މި އަހަރު އެންމެ ގ...

14 Dec 2017 | 01:07

ގޫގަލް އިން ކޮންމެ އަހަރަކު ނެރޭ، "ގޫގަލްސް އެނުއަލް އިޔާ އިން ސާޗް" ރިޕޯޓް މި އަހަރުވެސް ގޫގަލް އިން މިވަނީ އާންމު ކޮށްފަ އެވެ.

މި ހިނގާ 2017 ވަނަ އަހަރުގެ މި ރިޕޯޓަށް ބަލައިލާއިރު މި އަހަރު އެންމެ ގިނަ މީހުން ސާޗް ކޮށްފައިވަނީ ހަރިކޭން އިރްމާއާއި ބެހޭގޮތުން މައުލޫމާތު ހޯދުމަށެވެ. އެންމެ ގިނައިން ހޯދާފައިވަނީ މާޓް ލޯރާރ އާއި ބެހޭ މައުލޫމާތެވެ. އަދި ގްލޯބަލް ނިއުސްގެ ގޮތުގައި އެންމެ ގިނަ މީހުން ސާޗް ކޮށްފައިވަނީ ހަރިކޭން އިރްމާއާއި ބެހޭ މައުލޫމާތެވެ. ދެވަނައިގާ ބިޓްކޮއިން އެވެ.

އެކްޓަރުންނަށް ބަލާއިރު އެންމެ ގިނަ މީހުން ސާޗް ކޮށްފައިވަނީ މެގަން މާކަލް އެވެ. ޓެކްނޮލޮޖީއަށް ބަލާއިރު އެއްވަނައިގާ އައިފޯނު 8 އަދި ދެވަނައިގާ އައިފޯނު އެކްސް އެވެ.

ލަވަ ނުވަތަ ލިރިކްސް އަށް ބަލައިލާއިރު އެންމެ ގިނަ މީހުން ސާޗް ކޮށްފައިވަނީ ޑެސްޕަސީތޯ، މި ލަވަ އެވެ. މި ލަވައަކީ ލުއިސް ފޮންސީ އަދި ޑެޑީ ޔަންކީ ކިޔާފައިވާ ލަވަ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް