އެޕަލުން ސެމްސަންގަށް ބަރޯސާވުން ހުއްޓައިލަނީތަ !؟ ކުންފުންޏަކަށް ބޮޑު އިންވެސްޓެއް ކޮށްފި !

އެޕަލް ގެ ސްމާޓް ފޯނުތަކުގެ ބައެއް ކޮމްޕޮނެންޓްސް ތަކަކީ ސެމްސަންގް ކުންފުނީގެ އުފެއްދުންތަކެވެ. ނަމަވެސް މިކަން ބަދަލުކޮށްލަން އެޕަލްއިން ފޫގަޅައިފި ކަމުގެ އިސާރާތެއް މިވަނީ ދީފަ އެވެ. އެއީ ފިނިސަރ ކ...

14 Dec 2017 | 00:54

އެޕަލް ގެ ސްމާޓް ފޯނުތަކުގެ ބައެއް ކޮމްޕޮނެންޓްސް ތަކަކީ ސެމްސަންގް ކުންފުނީގެ އުފެއްދުންތަކެވެ. ނަމަވެސް މިކަން ބަދަލުކޮށްލަން އެޕަލްއިން ފޫގަޅައިފި ކަމުގެ އިސާރާތެއް މިވަނީ ދީފަ އެވެ.

އެއީ ފިނިސަރ ކިޔާ ކުންފުންޏަކަށް 390 މިލިޔަން ޑޮލަރު އިންވެސްޓް ކުރުމެވެ.

އެޕަލްއިން ބުނެފައިވާގޮތުގައި އެޕަލްގެ ފޯނުތަކަށް ބޭނުންވާ ކޮމްޕޮނެންޓްސް އުފެއްދުމަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިނިސަރ އިން ހަތް ލައްކަ އަކަފޫޓުގެ ބިމެއްގައި،، ބޮޑު މެނުފެކްޗަރިން ޕްލާންޓެއް ގާއިމް ކުރަން ޖެހެ އެވެ. އަދި އެޕަލްގެ ފޯނުތަކަށް ބޭނުންވާ ކޮމްޕޮނެންޓްސް އުފައްދަން ފަށަން ޖެހެ އެވެ. ހާއްސަ ގޮތެއްގައި އެޕަލްގެ އައިފޯނު އެކްސްގެ ކެމެރާއަށް ބޭނުންވާ ބައެއް ކޮމްޕޮނެންޓްސް އެވެ.

ފިނިސަރ އިން ހާމަކޮށްފައިވާގޮތުގައި އެޕަލްގެ އެދުން ފުއްދައިދިނުމަށް އިތުރު 500 މުވައްޒަފުން ފިނިސަރ އިން ހޯދާނެ އެވެ. އަދި އަންނަ އަހަރުގެ މެދަކާއި ހަމައަށް ދާންވާއިރަށް ފަށައިގަނެވޭނެ ކަމުގައިވެސް ފިނިސަރ އިން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް