ގޮތް ދޫނުކުރާ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑު: ދިރާސާ

ގޮތް ދޫނުކުރުމުން ގިނަ ފަހަރަށް ލިބެނީ ގެއްލުމެވެ. އެކުވެރީންނާއި މައްސަލަ ޖެހޭގޮތް ވެ އެވެ. އާއިލާތައް ރޫޅިދާގޮތްވެސް ވެ އެވެ. އެހެންނަމަވެސް ގޮތް ދޫނުކުރާ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑުކަމ...

13 Dec 2017 | 23:42

ގޮތް ދޫނުކުރުމުން ގިނަ ފަހަރަށް ލިބެނީ ގެއްލުމެވެ. އެކުވެރީންނާއި މައްސަލަ ޖެހޭގޮތް ވެ އެވެ. އާއިލާތައް ރޫޅިދާގޮތްވެސް ވެ އެވެ. އެހެންނަމަވެސް ގޮތް ދޫނުކުރާ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.

މި ދިރާއާއަކީ އިޓަލީގެ ރޯމް ލާ ސަޕިއެންޒާ އަދި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެންޑިއޭގޯ ސްކޫލުން ކުރިއަށް ގެންދިޔަ ދިރާސާ އެކެވެ.

މި ދިރާސާ އެމީހުން ކުރިއަށްގެންދިޔައީ އިޓަލީއަށް ނިސްބަތްވާ، އުމުރުން 90 އަހަރާއި 101 އަހަރާއި ދެމެދުގެ 29 މީހަކު ބައިވެރި ކޮށްގެންނެވެ.

މި ދިރާސާ ކުރިއަށްގެންދިއުމަށްފަހު ދިރާސާ ކުރި ޓީމަށް ހޯދުނު ހޯދުންތައް ބަޔާންކުރަމުން ބުނެފައިވަނީ މި ދިރާސާގައި ބައިވެރިވި 29 މީހުންގެ ގައިގާވެސް ގޮތް ދޫނުކުރުމުގެ ކަންތައް ބޮޑު ކަމަށާއި މީގެ އިތުރުން ފާހަގަ ކުރެވުނު ކަންތައްތަކުގެ ތެރޭގައި އުމުރު ދިގުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި މަސައްކަތް ކުރުމުގައި އެމީހަކު ގެންގުޅޭ ވައްޓަފާޅިއާއި ބައިބޯ މަދު ސަރަހައްދުތަކުގައި ދިރިއުޅުމާއި އާއިލާއާއި ގާތް ގުޅުމެއް އޮތުމާއި ބިމަށާއި ދީނަށް ލޯބި ކުރުމަކީވެސް އުމުރު ދިގުކޮށްދޭ ކަންކަމުގައި ބެލެވިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް