ގެވެށި ފަރުވާ: މެއަށް ތަދުވުން: ވަނީ ކީއް، އަދި ކުރާންވީ ކީއްކަން !؟

ޑރ. އޮއު ޔައު ވެއި، އަކީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުންގެންދަވާ ކާޑިއޯލޮޖިސްޓެކެވެ. އޭނާ ލިޔުއްވާފައި ވެ އެވެ. "މެއަށް ތަދުވާނީކީ ހަމަ އެކަނި ހިތާއި ގުޅުން ހުރ...

13 Dec 2017 | 23:21

ޑރ. އޮއު ޔައު ވެއި، އަކީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި މަސައްކަތް ކުރައްވަމުންގެންދަވާ ކާޑިއޯލޮޖިސްޓެކެވެ. އޭނާ ލިޔުއްވާފައި ވެ އެވެ.

"މެއަށް ތަދުވާނީކީ ހަމަ އެކަނި ހިތާއި ގުޅުން ހުރި ކަންކަމަކުން ނޫނެވެ. ބަނޑާއި، ފުއްޕާމެއާއި، ކަށްޓާއި އަދި މަހަށް ދިމާވާ މައްސަލައަކުންވެސް މެއަށް ތަދުވެދާނެ" އެވެ.

އެގޮތުން ނޭވާ ކުރުވުމާއެކު މެއަށް ތަދުވާނަމަ އާއި ކެއްސުމާއެކު މެއަށް ތަދުވާނަމައާއި އަދި ފުންކޮށް ނޭވާލާއިރު މެއަށް ތަދުވާނަމަ ޑރ، ސިފަ ކުރައްވާގޮތުގައި މިއީ ފުއްޕާމޭގެ ސަބަބުން ދިމާވާ ކަމެއްކަމުގައި ބެލެވިދާޏެ އެވެ. އަދި ހަމަ އެހެންމެ މެއަށް ތަދުވަނީ މޭގެ ވަކި ސަރަހައްދަކަށް ކަމުގައިވާނަމަ އާއި ފުންކޮށް ނޭވާލާއިރު ނުވަތަ ކެއްސާއިރު އެ ސަރަހައްދަކަށް ވާ ތަދު އިތުރަށް ގަދަވާނަމަ ތަދުވާން މެދުވެރިވަނީ ކަށްޓަށް ނުވަތަ މަހަށް ލިބޭ ގެއްލުމެއްގެ ސަބަބުން ކަމުގައި ބެލެވިދާނެ ކަމުގައިވެސް ޑރ ލިޔުއްވާފައި ވެ އެވެ.

މީގެ އިތުރުން ހިތާއި ގުޅުންހުރި ކަމެއްގައި މެއަށް ދަތުވާނަމަ މޭ ފިތޭ ކަމުގެ އިހުސާސާއި މެއަށް ބާރުވުމުގެ އިހުސާސު ކުރެވޭނެ ކަމަށާއި އަދި ހަމަ އެހެންމެ ތަދުވަނީ ކޮން ސަރަހައްދަކަށް ކަމުގައި ދެނެގަންނަން ސީދާ އުނދަގޫވެ ބާރުވެފައި ހުންނަ ހުރުން ކަރާއި ހަމައަށް ދެމިގެން ގޮސް ދަތްދޮޅިއާއި ވައަތަށް ތަދުގެ އިހުސާސު ކުރެވޭނޭ ކަމުގައިވެސް ޑރ ވިދާޅުވެފައި ވެ އެވެ.

ގިނަ ފަހަރަށް މެއަށް ތަދުވާނީ ފިޒިކަލީ ނުވަތަ މެންޓަލީ ކަސްރަތެއް ކުރުމަށްފަހުގަޔާއި ގަދައަށް ކެއުމަށް ފަހުގަޔާއި ފިނިފެން ބުއިމަށް ފަހުގައި ކަމަށާއި އާދައިގެ ތަދެއްނަމަ އަރާމުކޮށްލުމުން އެފަދަ ތަދުތައް ފިލައިދާނެ ކަމުގައި ޑރ.  އޮއު ސިފަކުރައްވަ އެވެ.

ހާޓްއެޓޭކެއް ކަމުގައި ބެލެވޭނެ އެއްގޮތަކީ ރެސްޓް ކުރުމުންވެސް ތަދު މަޑުނުވެ، ވަރަށް ގަދައަށް ތަދުވާނަމަ އާއި ތަދު 15 މިނެޓަށްވުރެ ދިގު ދެމިގެންދާނަމައާއި ތަދާއިއެކީގައި ނޭވާ ކުރުވެ، ބޯ އަނބުރާކަހަލަ އިހުސާސެއް ކުރުވުމާއި އޮށްދާ ހިއްލާނަމަ ކަމުގައިވެސް ޑރ ސިފަ ކުރައްވަ އެވެ.

މެއަށް ތަދުވާނަމަ ކަން ކުރަންވީ ގޮތަކީ ކޮބާ!؟

މެއަށް ތަދުވާނަމަ އެންމެ ރަނގަޅު ގޮތަކީ ވީ އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދެއްކުމެވެ. ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. މާ ބޮޑަށް ތަދުވާނަމަ އެމަޖެންސީއަށް އަވަހަށް ދެއްކުމެވެ.

ދުރާލާ ރައްކާތެރި ވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބާ !؟

މެއަށް ތަދުވުމުން ސަލާމަތް ވުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތަކެއް އެބަ ހުއްޓެވެ. އެގޮތުން:

  1. ހާސްވެ މެއަށް ތަދުވާވަރަށް ބުރަ މަސައްކަތް ނުކުރުމާއި،
  2. ބެލެންސް ޑައިޓެއް ހިޔާރު ކުރުމާއިއެކު ފެޓްސް ހިމެނޭ ކެއުން ބުއިންތައް މަދުކުރުމާއި
  3. ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމާއި
  4. ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުހެލިވުމާއި
  5. ހާސްވެ ކަންބޮޑުވާ ކަންކަމުން ދުރުހެލިވުމާއި
  6. ލޭގެ ޕްރެސަރު މައްޗަށް ދިޔަނުދީ ވަކިވަރެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމާއި
  7. މާބޮޑަށް ފިނި ނުވަތަ މާ ބޮޑަށް ހޫނު ސަރަހައްދުތަކުގައި މާ ގިނަ ވަގުތު ހޭދަ ނުކުރުމާއި
  8. ކަސްރަތު ކުރުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް