އުއްތަމަ ފަނޑިޔާރަށް ރުހުން ދިނުމަށް މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

އުއްތަމަ ފަނޑިޔާރަށް ރުހުން ދިނުމަށް މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަން ހަމަޖައްސައިފި އެވެ. މަޖިލީހުގެ ޖަލްސާއެއް މިރޭ އޮންނަކަން މެންބަރުންނަށް އެސްއެމްއެސްއަކުން އަންގާފައިވާއިރު ޖަލްސާ ބޭއ...

14 Dec 2014 | 10:40

އުއްތަމަ ފަނޑިޔާރަށް ރުހުން ދިނުމަށް މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަން ހަމަޖައްސައިފި އެވެ.

މަޖިލީހުގެ ޖަލްސާއެއް މިރޭ އޮންނަކަން މެންބަރުންނަށް އެސްއެމްއެސްއަކުން އަންގާފައިވާއިރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ގައި  އެވެ. ޖަލްސާގެ އެޖެންޑާ ވެސް ހަމަޖެހުނުހާ އަވަހަކަށް މެންބަރުންނަށް އަންގާނެ ކަމަށް މަޖިލީހުން އަންގާފައި ވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަހުމަދު ފާއިޒް ހުސައިން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ މަގާމުން ދުރުކޮށްފައި އެވެ. އަލުން އުއްތަމަ ފަނޑިޔާރަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުޕްރީމް ކޯތުގެ ފަނޑިޔާރެއްގެ ނަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން ރައީސް މަޖިލީހަށް ފޮނުއްވާނެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޖެއެސްސީން މިހާރު ވަނީ އުއްތަމަ ފަނޑިޔާރަކު ކަނޑައެޅުމަށް ބާއްވާ ބައްދަލުވުން ފަށާފައި އެވެ. އެ ބައްދަލުވުން ފެށިފައިވަނީ 03:00 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް